ޕީޕީއެމުން އިޓްލޮސްގައި އެދުނީ ބޯޑަރު މައްސަލަ މަޑުޖައްސާލަން؛ ސިޓީގައި އެހެން ޕާޓީއަކުން ސޮއި ނުކުރޭ

ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހިނގަމުންދާ، ފޯޅަވަހި ހިމެނޭހެން ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލަ މަޑުޖައްސާލަދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ ޓްރައިބިއުނަލްގައި އެދިއްޖެ އެވެ.

ހުކުރު ދުވަހަށް އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނިކޮށް، އިދިކޮޅުން ވަނީ އިޓްލޮސްއަށް ރޭގެ ވަގުތެއްގައި ސިޓީ ފޮނުވާފަ އެވެ. އެ ސިޓީގެ ޑްރާފްޓެއް "އަދަދު" ނޫހަށް ވަނީ ލިބިފަ އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަބްދުالله ޔާމީންގެ ނަންފުޅުގައި, އެމަނިކުފާނުގެ އެންގެވުމަށް މި ސިޓީ ފޮނުވިއިރު އެހެން ސިޔާސީ ލީޑަރުން ވެސް އެ ސިޓީގައި ސޮއިކުރުމަށް ދައުވަތު ދިނެވެ. ނަމަވެސް, "އަދަދު" އަށް ޔަގީން ކުރެވިފައިވާ ގޮތުގައި އެ ސިޓީގައި ސޮއިކުރީ ހަމައެކަނި ޕީޕީއެމް އަދި ޕީއެންސީ އެވެ.

ޗާގޯސް ޖަޒީރާގައި މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ސިޓީފުޅެއް ވަނީ ފޮނުއްވާފަ އެވެ. އެ ސިޓީއާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތުމާ އެކު އިދިކޮޅުން ވަނީ އެފަދަ ބާރެއް ރައީސަށް ލިބިވަޑައިގެންފައި ނުވާ ކަމަށް އިޓްލޮސްއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފަ އެވެ.

އެގޮތުން, ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެފަދަ މައްސަލައެއްގައި ގޮތް ނިންމުމުގެ ބާރު ރައީސަށް ލިބިފައި ނުވާ ކަމަށް އިދިކޮޅުގެ ސިޓީގައި ބުނެފައިވެ އެވެ. ރައީސްގެ އެ ސިޓީފުޅަކީ ލިބިފައިވާ ގާނޫނު އަސާސީން ލިބިފައިވާ ބާރުގެ ބޭރުން ފޮނުވާފައިވާ ސިޓީފުޅެއް ކަމަށާއި އެހެންކަމުން އެއީ ސައްހަ ސިޓީއެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ.

މިފަދަ މައްސަލަތައް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރާ ކަމަށައި ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނު އަސާސީން ފުރުސަތު ދޭ ކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ. ނަމަވެސް, މި މައްސަލާގައި ރައީސް އެފަދަ ގޮތަކަށް އަމަލު ކޮށްފައި ނުވާ ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބު ވެސް މިއަހަރު ބާއްވަން ނިންމާފައިވާއިރު ފެންނަ ނުފެންނަ ވޯޓެއް ނުނަގައި ރައްޔިތުންގެ މަޖިލީހުގައި އެކަމާ މެދު ބަހުސް ނުކޮށް އިމުގެ މައްސަލާގައި ރައީސް ފޮނުވާފައިވާ ސިޓީ ބަލައިގަތުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ވެސް އިދކޮޅުން ބުނެފައިވެ އެވެ. މި ނުކުތާތަކަށް ރިއާޔަތްކޮށް އިދިކޮޅުން އިޓްލޮސްގައި އެދުނީ;

  • މިހާރު ކުރިއަށްދާ މައްސަލައިގައި ހުކުމް ކުރުން މަޑުޖައްސާލައި, ސަމާލުކަމަށް ގެނައި ކަންކަން ސާފުކޮށް, ޝައުގުވެރިކަން ހުރި ފަރާތްތަކަށް ރަސްމީ ހައިސިއްޔަތުން މި މައްސަލާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށާއި,
  • މި މައްސަލާގައި ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ވަޒަން ކުރާ އިރު އިދިކޮޅުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށެވެ.

ޗާގޯސް އައިލެންޑްގެ މިލްކުވެރިކަމުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ފަދަ ބޭފުޅުން ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ޖަލްސާއެއް ބޭއްވުމަށް ވެސް ނިންމާފައިވެ އެވެ. "ޗަ ގޯސް" ނަމުގައި ބާއްވާ ޖަލްސާގެ ބޭނުމަކީ ވެސް ފޯޅަވަހި މައްސަލާގައި ސަރުކާރުގެ އާ ސިޔާސަތާ ދެކޮޅަށް ވަކާލާތު ކުރުން ކަމަށް އިދިކޮޅުން ބުނެ އެވެ.

މައްސަލައިގެ ފަސްފަހަތް؛

މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ ނިމުނީ އެ ގައުމާ އެއް ކޮޅަށެވެ. 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް ވެސް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް, މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ގަރާރެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވުމުންނެވެ.

ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ކަމުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިގެން އުޅޭ ކަމަކީ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީއާ ގުޅިގެނެވެ. އެ ސިޓީ ސަރުކާރުން ހާމަކޮށްފައި ނެތް އިރު، އެ ސިޓީ ހާމަކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox