ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެ

Apr 25, 2023, 1:22 AM
ބުޗާގޭ ދޮން މަނިކު

ބުޗާގޭ ދޮން މަނިކު

ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މ. އޯޝަން ރީޑު އާދަމް މޫސާ (ބުޗާގޭ ދޮންމަނިކު) އުމުރުފުޅުން 91 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ދޮން މަނިކު އަވަހާރަވީ އޮސްޓްރޯލިއާގެ ބްރިސްބެންގައި ރޭ ފަތިހު އެވެ. އާއިލާއާއެކު އޭނާ އެ ގައުމުގައި ދިރިއުޅުއްވާތާ އަށް އަހަރު ވެއްޖެ އެވެ.

ސަރުކާރުގެ ހިދުމަތާ 1951 ގައި ގުޅިވަޑައިގެންނެވި ދޮންމަނިކު އެންމެ އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ފިލްމު ސެންސަރު ބޯޑުގަ އެވެ.

ރާއްޖެ އަށް އެތެރެކޮށް ވިއްކާ ފިލްމުތަކާއި، ސިނަމާތަކުގައި އަޅުވާ ފިލްމުތައް ސެންސަރުކުރުމުގެ ޒިންމާ އޮތް އޮފީހުގެ ޗެއާމަންގެ ގޮތުގައި މެދުކެނޑުމެއް ނެތި 18 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ސަރުކާރުގެ ހިދުމަތުން ވަކިވެވަޑައިގަތީ އޭޕްރީލް 13، 1998 ގަ އެވެ.

ބުޗާގޭ ދޮންމަނިކު ސަރުކާރަށް ހިދުމަތް ކުރެއްވިއިރު، ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
ބުޗާގޭ ދޮންމަނިކު ސަރުކާރަށް ހިދުމަތް ކުރެއްވިއިރު، ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ބުޗާގޭ ދޮންމަނިކު ސަރުކާރަށް ހިދުމަތް ކުރެއްވިއިރު، ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ސަރުކާރުގައި އޭނާ ވަޒީފާ އަދާކުރައްވަން ފެއްޓެވީ މަޙުކަމަތުލް އަމަންއާންމުގެ ކާތިބުކަމުގެ މަގާމުންނެވެ. އެ އޮފީހުގެ ގިނަ މަގާމުތަކެއް ފުރުއްވުމަށް ފަހު ވުޒާރަތުއް ދާޚިލިއްޔާ، ޕަބްލިކް މެއިންޓެނެންސް ޑިވިޝަން، ޕޯސްޓު އޮފީސް، މެރިން ޑިވިޝަން، ކޮންޓްރޯލް އޮފް ކޮމިއުނިކިބަލް ޑިވިޝަންގައި ވަޒީފާ އަދާކުރެއްވެވި އެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެންމެ ފަހުން އޭނާ ހުންނެވީ ރ. އަތޮޅު، އަތޮޅުވެރިޔާގެ މަގާމެވެ.

ފިލްމު ސެންސަރު ބޯޑުގެ ޗެއާމަންކަން ދޮން މަނިކަށް ދެއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 1980 ވަނަ އަހަރު އެވެ.

ދޮން މަނިކު އަވަހާރަވިއިރު، ތިން ކައިވެއްޏަކަށް 22 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޑރ. އިކްލީލް ޝަރީފު އަކީ އޭނާގެ ބޭފުޅުންނެވެ. އަވަހާރަވިއިރު، ދުނިޔޭގައި ހުންނެވީ އެންމެ އަނބިކަނބަލެކެވެ. އަދި ސައުވީސް ކާފަ ދަރިންނާއި ހަތަރު މުނިކާފަ ދަރިން އެބަ ތިއްބެވި އެވެ.

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox