އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސްއިން މައްޗަށް

މިއީ ހޫނު ދުވަސްވަރުކަމުން ބޭރަށް ނިކުންނަ ވަގުތުތަކުގައި އަވިކުޑަ ބޭނުންކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާަސްކުރޭ -- ފޮޓޯ: އަދަދު

މިއީ ހޫނު ދުވަސްވަރުކަމުން ބޭރަށް ނިކުންނަ ވަގުތުތަކުގައި އަވިކުޑަ ބޭނުންކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާަސްކުރޭ -- ފޮޓޯ: އަދަދު

މިއަދު ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސް ކުރެވުނު ފިނިހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް މަތިވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާ (މެޓް އޮފީސް)އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިއަދު އެންމެ ހޫނު ގަދަވާނީ ލ. ކައްދޫއަށް ކަމަށެވެ. އެ ސަރަހައްދުގެ ފިނިހޫނުމިން 33 ޑިގްރީ ސެލްސިއަސްގައި ހުރި އިރުު އިހްސާސް ކުރެވެ ފިނިހޫނުމިނަކީ 44 ޑިގްރީ ސެލްސިއަސްކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

އިހްސާސް ކުރެވޭ ފިނިހޫނުމިނަކީ އެސަރަހައްދެއްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމަށް ބަލާ ނިސްބަތްކުރާ އެވްރެޖް އަދަަދެކެވެ.

ރާއްޖޭގެ އެހެން ހިސާބުތަކުގެ ފިނިހޫނުމިން ވެސް ވަނީ އިއްޔެއަށްވުރެ މައްޗަށް ގޮސްފަ އެވެ. އިއްޔެ އާންމުކޮށް ހުރިހާ ހިސާބެއްގެ އިހްސާސްކުރެވޭ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއިން ދަށުގައި ހުރި ނަމަވެސް މިއަދު ވަނީ އެ އަދަދު މަތިވެފަ އެވެ.

އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހދ. ހަނިމާދޫގެ އިހްސާސްކުރެވޭ ފިނިހޫނުމިން 42 ޑިގްރީ ސެލްސިއަސްގައި ހުރި އިރު މާލެ ސަރަހަދުގެ ފިނިހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގަ އެވެ. ހުވަދޫއަތޮޅު ކާޑެއްދޫގެ ފިނިހޫނުމިން 41.9 ޑިގްރީ ސެލްސިއަސްގައި ހުރި އިރުު ރާއްޖޭގެ އެންމެ ދެކުނުން އައްޑުއަތޮޅުގެ ފިނިހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގަ އެވެ.

އިހުސާސް ކުރެވޭ ފިނިހޫނުމިން އެހައި މައްޗަށް މިދަވަސްވަރު ދަނީ، މިއީ ދެ މޫސުން ބެދޭ ދުވަސްވަރުކަމުން އެއްކޮށް ވައި ހިނދިފައި އޮތުމާ އެކު ވައިގެ ތެތްކަން ވެސް ދަށްވީމަ އެވެ.

ހޫނުގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ހޫނުގަދަ ގަޑިތަކުގައި ކުޑަކުދިން ބޭރަށް ނުނެރުމާއި ކޮންމެހެން ބޭރަށް ދާންޖެހޭ ނަމަ، އަވި ކުޑައެއް ބޭނުން ކުރުމާއި ގިނައިން ދިޔާ އެއްޗެތި ބުއިން ފަދަ ކަންކަން ކުރުމަށް އެ ސެންޓަރުން ލަފާދެ އެވެ.

ރާއްޖޭގެ ހޫނު ގަދަވާތީ ސަމާލުވާަންވީ ކަންކަން -- އެޗްޕީއޭ
ރާއްޖޭގެ ހޫނު ގަދަވާތީ ސަމާލުވާަންވީ ކަންކަން -- އެޗްޕީއޭ

ރާއްޖޭގެ ހޫނު ގަދަވާތީ ސަމާލުވާަންވީ ކަންކަން -- އެޗްޕީއޭ

އޭޕްރިލް މަހަކީ ރާއްޖޭގައި ހޫނުމިން އަބަދުވެސް އެންމެ ބޮޑަށް މައްޗަށް ދާ ދުވަސްވަރެވެ. މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސްޓެލްކޯއިން އޭސީ ފަދަ ތަކެތި ބޭނުން ކުރާއިރު، ފިނިމިން 25 ޑިގުރީ ސެލްސިއަސް އަށްވުރެ ދަށް ނުވާ ގޮތަށް ބޭނުން ކުރުމަށާއި ކަރަންޓު ސާމާނު ގަންނައިރު، އިންވާޓާ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox