92 މެގަވޮޓްގެ ކަރަންޓް ބޭނުންކުރި ދުވަހެއް، ސްޓެލްކޯއަށް އުފެއްދެނީ 120

Apr 22, 2023, 4:28 PM
92 މެގަވޮޓްގެ ކަރަންޓް ބޭނުންކުރި ދުވަހެއް، ސްޓެލްކޯއަށް އުފެއްދެނީ 120

މިމަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި ރެކޯޑް މިންވަރަކަށް ކަރަންޓް ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި މިމަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި 92.5 މެގަވޮޓްގެ ކަަރަންޓް ބޭނުންކުރި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި މިހައިތަނަށް އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަހެވެ.

މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށް ލަފާކުރާ އިރު، ޝަރީފު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ސްޓެލްކޯއަށް ދުވާލަކު އުފެއްދެނީ 120 މެގަވޮޓްގެ ކަރަންޓެވެ.

"ސްޓެލްކޯގައި 120 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް ކަރަންޓް އިގުތިސާދުކުރައްވާ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފިނިކުރަން ބޭނުންކުރާ އާލާތްތައް (އެއާކޮންޑިޝަނާތައް) ބޭނުންކުރުމުގައި އިތުރަށް ސަމާލުވާން އިލްތިމާސްކުރާ ކަމަށެވެ. އެއާކޮންޑިޝަނާތައް 25 ޑިގްރީއަށް ވުރެ ދަށް ނުކުރަން ވެސް އެކުންފުނިން އިލްތިމާސްކުރި އެވެ.

"...ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރަން،" ސްޓެލްކޯގެ ޓްވީޓްގައި ބުންޏެވެ.

މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ވަރަށް މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ އިދާރައިން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި މިއަދު އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްގައި ކަމަށް އެ އިދާރާއިން މިއަދު އާއްމުކުރި މައުލޫމާތުގައި ވެ އެވެ.

ރާއްޖޭގައި ހޫނުގަދަވެފައި ވާތީ ސިއްހީ ގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ އިރުޝާދެއް ވެސް މެޓުން މިއަދު އާއްމުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox