ކަންމުޑި ނުޖަހާ ނަމަ ދޫކުރި ގޯތިތައް އަތުލާނެ ކަމުގެ އިންޒާރު ހަނިމާދޫ ކައުންސިލުން ދީފި

Apr 20, 2023, 5:49 AM
ހަނިމާދޫއިން ގޯތި ދޫކުރި ޗާޓު: އެ ރަށުން ގޯތި ދޫކުރީ ގާތްގަނޑަކަށް 12 އަހަރަށްފަހު -- ކުރެހުން: ހަނިމާދޫ ކައުންސިލް

ހަނިމާދޫއިން ގޯތި ދޫކުރި ޗާޓު: އެ ރަށުން ގޯތި ދޫކުރީ ގާތްގަނޑަކަށް 12 އަހަރަށްފަހު -- ކުރެހުން: ހަނިމާދޫ ކައުންސިލް

ހދ. ހަނިމާދޫއިން ދޫކުރި ބަންޑާރަ ގޯތިތައް ސާފުނުކޮށް، އިންވަކި ކުރަން ކަންމުޑި ނުޖަހާ ނަމަ އެ ގޯތިތައް އަތުލާނެކަމުގެ އިންޒާރު ހދ. ހަނިމާދޫ ކައުންސިލުން ދީފި އެވެ.

ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރި ޑިސެމްބަރު، 2022 ގަ އެވެ. ގޯތި ދޫކުރީ އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ނިންމުމުންނެވެ.

އެ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި އެންގީ ދޫކުރި ބަންޑާރަ ގޯތިތަކުގެ ކަންމުޑި ޖެހުމުގެ އިތުރުން ގޯތި ތެރެ ސާފުކޮށް އެ ގޯއްޗަކަށްވާ މަގުގެ ދެ ބައިކުޅަ އެއްބައި ޖޫން، 2023 ގެ ކުރިން ސާފު ކުރުމަށެވެ.

"މި މުއްދަތަށް ގޯއްޗާއި އެގޯއްޗަކަށްވާ މަގުގެ ދެބައިކުޅަ އެއްބައި ސާފުނުކުރާ ފަރާތްތަކުގެ ވަގުތީ ރަޖިސްޓަރީ ބާތިލް ކުރުމުގެ އިޙްތިޔާރު މިކައުންސިލަށް ލިބިގެންވާ ކަމުގައި ދެންނެވިން،" ހަނިމާދޫ ކައުންސިލުން ބުނެފައިވެ އެވެ.

ހަނިމާދޫއިން މިދިޔަ ޑިސެމްބަރުގައި ގޯތި ދޫކުރީ އެންމެފަހުން ގޯތި ދޫކުރިތާ 12 އަހަރަށްފަހެވެ. ބޮޑުމިނުގައި 305 ހެކްޓަރު ހުންނަ ހަނިމާދޫގައި އުޅެނީ 2100 ވަރަކަށް މީހުންނެވެ.

ހަނިމާދޫ އެއާޕޯޓު ސަރުކާރުން ތަރައްގީ ކުރަނީ 136 މިލިއަން ޑޮލަރު ނުވަތަ ދެ ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާ ސަރުކާރުން ނަގައިގެނެވެ. އެ އެއާޕޯޓު ތަރައްގީކޮށް ނިންމުމުން ހަނިމާދޫގެ އިތުރުން މުޅި އެ ސަރަހައްދު ވެސް ތަރައްގީވާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox