ވިލާ ކޮލެޖުން ޝަރުއީ ދާއިރާގެ ކޮންފަރެންސެއް ފަށައިފި

ވިލާ ކޮލެޖުގައި ކުރިއަށްދާ ޝަރުއީ ދާއިރާގެ ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖް

ވިލާ ކޮލެޖުގައި ކުރިއަށްދާ ޝަރުއީ ދާއިރާގެ ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖް

އީކުއަލް ރައިޓްސް އިނީޝިއޭޓިވް (އީއާރްއައި) އާއި ވިލާ ކޮލެޖު ގުޅިގެން އިމްޕްލިމެންޓިން ޕީޕަލް ފޯކަސްޑް އެކްސެސް ޓު ޖަސްޓިސްގެ ނަމުގައި ބައިނަލްއަގްވާމީ ކޮންފަރެންސެއް އިފްތިތާހުކޮށްފި އެވެ.

އިންޑިއާ ނާގްޕޫރުގެ ސިމްބައޮސިސް ލޯ ސްކޫލާ ގުޅިގެން، މި ކޮންފަރެންސް ކުރިއަށް ދާނީ މިއަދާއި މާދަމަ އެވެ. މިއީ ޔޫއެސްއެއިޑާއި ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި)ގެ އެހީގައި ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަން، ޗައިނާ އަދި ޕާކިސްތާނު ހިމެނޭހެން 15 ގައުމެއްގެ މަންދޫބުން ބައިވެރިވެ އެވެ. އަދި މި ކޮންފަރެންސަށް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި އެކަޑެމިކްސްގެ ފަރާތުން 60 އަށްވުރެ ގިނަ ރިސާޗް ޕޭޕަރު ހުށަހަޅާފަ އެވެ.

ވިލާ ކޮލެޖުގެ މެނޭޖްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މި ކޮންފަރެންސަށް ހުށަހަޅާ ޕޭޕަރުތައް އެ ކޮލެޖުން ޗާޕު ކުރަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން އެޑިޓު ކޮށްފައިވާ ތިން ފޮނުގެ ޒަރިއްޔާގަ އެވެ. އޭގެ ތެރެއިން އެއް ފޮތަކީ ބައިނަލްއަގްވާމީ ފެންވަރުގައި ޗާޕު ކުރެވޭ ފޮތަކަށް ވާއިރު، އަނެއް ދެ ފޮތް ޗާޕު ކުރާނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ އަދަބިއްޔާތަށް ކުރާ ހިއްސާއެއްގެ ގޮތުގައި ވިލާ ކޮލެޖުންނެވެ.

މި ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބާ ކައުންސިލުގެ ރައީސް އިސްމާއިލް ވިޝާމް ވަނީ މިފަދަ ކޮންފަރެންސްތަކުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން މިއީ ގައުމުގެ ކުރިއެރުމަށް ފައިދާ ކުރާނެ ކަމެއްކަން ފާހަގަކުރައްވާ އޭނާ ވަނީ މިކަމުގައި ޝާމިލްވި ހުރިހާ މުއައްސަސާއަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހައިބްރިޑް މޯޑުގައި ކުރިއަށް ގެންދާ މި ކޮންފަރެންސްއި 2019 އިން 2023 އަށް ނެޝަނަލް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ދައުލަތުން ވެފައިވާ ވައުދުތައް ފުއްދުމާއި ދައުލަތުގެ ޖަވާބުދާރީކުރުން އަދި އާންމު މައުލޫމާތު ހޯދުމާއި ކޯޓުތަކުގައި އިންސާފުވެރިކަން ކަށަވަރުކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox