ޕްލާސްޓިކު ކޮތަޅުން ނަގާ ފީ ބަލަހައްޓަން މަޖުބޫރުކޮށްފި

Apr 18, 2023, 5:49 AM
ފިހާރައަކުން މީހަކަށް ޕްލާސްޓިކު ކޮތަޅެއް ދިއްކޮށްލަނީ: ކޮތަޅުގެ ހިސާބު ބަލަހައްޓަންޖެހޭނީ ވަކިން -- ފޮޓޯ: އަދަދު ފައިލް

ފިހާރައަކުން މީހަކަށް ޕްލާސްޓިކު ކޮތަޅެއް ދިއްކޮށްލަނީ: ކޮތަޅުގެ ހިސާބު ބަލަހައްޓަންޖެހޭނީ ވަކިން -- ފޮޓޯ: އަދަދު ފައިލް

ވިޔަފާރި ކުރާއިރު ފިހާރަތަކުން ދޭ ކޮންމެ ޕްލާސްޓިކު ކޮތަޅަކަށް ގާނޫނުގެ ދަށުން ދެ ރުފިޔާ ނަގަން ފެށުމުން އެކަމުގެ ހިސާބުކިތާބު ބެލެހެއްޓުން ގަވާއިދެއްގެ ދަށުން މަޖުބޫރުކޮށްފި އެވެ.

ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފައިސާ ނަގަން ފެށުމުން އޭގެ ހިސާބު ބަލަހައްޓަން އެންގީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އިއްޔެ ގެޒެޓު ކުރި ގަވާއިދެއްގެ ދަށުންނެވެ.

"ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރު ކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު" ގެ ދަށުން ކޮންމެ ދުވަހަކު ވެސް ވިއްކާ ކޮތަޅުގެ ހިސާބު ބަލަހައްޓަންވާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ކޮތަޅާ ގުޅޭ ޖުމްލަ ފަސް ކަމެއް އެ ގަވާއިދުގެ ދަށުން ޖުމްލަ ވިޔަފާރިވެރިން ބަލަހައްޓަންޖެހެ އެވެ. އެއީ ވިއްކާ ކޮތަޅުގެ އަދަދާއި އަގާއި ހިލޭ ދޫކުރާ ކޮތަޅާއި އޭގެ އަގާއި ހަލާކުވާ ކޮތަޅާއި އޭގެ އަގާއި ކަސްޓަމަރުން ރައްދު ކުރާ ކޮތަޅުގެ ހިސާބާއި ފިހާރައިގައި ބޭނުން ކުރާ އެހެނިހެން ކޮތަޅުގެ އަދަދެވެ.

އޭގެ އިތުރުން، އެ ވިޔަފާރިއަކުން ކޮތަޅު ގަންނަ ސަޕްލަޔަރުގެ ބައެއް މައުލޫމާތުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ގަތް ނުވަތަ ހިލޭ ލިބުނު ކޮތަޅުގެ އަދަދާއި ސަޕްލަޔަރުގެ ޓިން ނަމްބަރާއި އިންވޮއިސްގެ ކޮޕީއެކެވެ.

ޕްލާސްޓިކް ކޮތަޅުގެ ހިސާބުކިތާބު ބަލަހައްޓަންޖެހޭނީ އެ ވިޔަފާރިއެއްގެ އެހެނިގެން ރިކޯޑްސްތަކާ ހިލާފަށް މުޅިން ވަކިން ކަމަށް ވެސް އެ ގަވާއިދުގައި ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox