އިދިކޮޅު ލީޑާޝިޕު ޝަމީމްގެ އަރިހަށް؛ އެދުނީ ޔާމީންގެ މައްސަލަ ނަގައިދޭން

އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ޕީޖީ ޝަމީމާ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ޕީޖީ ޝަމީމާ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ދައުވާތައް އަނބުރާ ނަގައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން އެދިއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25, ގަ އެވެ. އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަކުރުމުގެ ދައުވާގެ އިތުރު މައްސަލައެއް ވެސް އެބަ އޮތެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލަ ކްރިމިނަލް ކޯޓުގައި އަދި އޮތީ ޝަރީއަތުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ.

Advertisement

އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން މިއަދު ޕީޖީ ޝަމީމާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މައްސަލަ އަނބުރާ ނަގައިދޭން އެދުނީ އެއް ބާވަތެއްގެ މައްސަލައިގައި އެކި މީހުންނާ މެދު އެކި ގޮތަށް އަމަލުކުރާތީ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ ކުރި މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ އަނބުރާ ގެންދިޔުމަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ވަކި ބޭފުޅަކަށް އަދަބު ދީފައި އަނެއް ބޭފުޅަކަށް ލުއި ދީގެން ނުވާނެ ކަމަށް ޕީޖީ ގާތުގައި ދަންނަވާފައިވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ އަނބުރާ ގެންގޮސްފައި ނުވަނީ ކީއްވެތޯ ސުވާލުކުރުމުން އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގައި ކަމަށާއި އިދިކޮޅުގެ ހުރިހާ ސުވާލަކަށް ވެސް ޝަމީމް ދެއްވީ ޖުމްލަ ޖަވާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުމްލަކޮށް ވިދާޅުވީ ޝަމީމްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމަށޭ ޝަމީމް ރިއާޔަތް ކުރައްވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންނަމަވެސް، ޕީޖީ ޝަމީމްގެ ވާހަކައިން ޔާމީންގެ މައްސަލައިގައި ގޯސްތަކެއް ހަދާފައިވާ ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ނެންގެވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ޔާމީން ހޯދި މަންފާ ކަމަށް ބުނެ ދައުލަތަށް ދެއްކުމަށް އަމުރުުކޮށްފައިވާ 53 މިލިއަން ރުފިޔާގެ އަމުރު ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރާން ޕީޖީން ނިންމި ނިންމުމެވެ.

"ވިދާޅުވީ އެޕީލް ނުކުރީ އެ ނިންމާފައި އޮތީ ރަނގަޅަށް ކަމަށް ގަބޫލުކުރެވޭތީއޭ، އަދި ހަމައެއާއެކީގައި ހައިކޯޓުގައި އޮތް މައްސަލައާ މެދު ވެސް ޝަމީމްގެ ވިސްނުން ހުރި ގޮތަށް ބަލާއިރު ސަރުކާުރުގެ ނުފޫޒު ނުފޯރުވައިފިއްޔާ މައްސަލަ ނިމިގެންދާނީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކެވި، އެއަށް ބާރު ދެއްވާ ގޮތަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން މި ސަރުކާރުން ވެރިކަމަށް އައި ފަހުން ފާއިތުވީ ހަތަރު ރޯދަ މަހުގައި ވެސް ޔާމީން ހުންނެވީ ޖަލުގައި ކަން ފާހަގަކޮށް، ހަމައެކަނި ރޯދަ މަހަށް އެކަނި ގެއަށް ބަދަލުކޮށްދިނުމަށް ވެސް ޕީޖީގައި އެދުނު ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭހެން 250 އެއްހާ މީހުން ބައިވެރިވި ކަމަށް ބުނާއިރު ހަމައެކަނި ޔާމީނުގެ މައްޗަށް ދައުވާކޮށް ހުކުމްކުރަނީ ނުފޫޒު ބޭނުންކޮށްގެން އެމަނިކުފާނަށް އަނިޔާކުރުމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox