އޭޑީކޭ ޓަވަރު އަރިއަޅާތީ އިމާރާތްކުރުމުގެ މަސައްކަތް ހުއްޓުވަން ކޯޓަށް

Apr 18, 2023, 2:37 PM
އަމީރު އަހުމަދު މަގުގައި ހުރި އޭޑީކޭ ޓަވަރު އަދި އެ ޓަވަރާ އިންވެގެން އަތިރީގޭގައި އިމާރާތެއް ހަދާ ސައިޓް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަމީރު އަހުމަދު މަގުގައި ހުރި އޭޑީކޭ ޓަވަރު އަދި އެ ޓަވަރާ އިންވެގެން އަތިރީގޭގައި އިމާރާތެއް ހަދާ ސައިޓް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހ. އަތިރީގޭގެ ބިމުގައި ޝީޓް ޕައިލްކޮށް, ބިމުގެ އަޑީގެ ފެން ދެމުމުގެ މަސައްކަތް ކުރުމުގެ ސަބަބުން އޭޑީކޭ ޓަވަރު އަރިއަޅާލާފައިވާ ކަމަށް ބުނެ، އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވަން ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އޭޑީކޭ ގްރޫޕުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޝިދުގެ ގާނޫނީ ވަކީލު މުހައްމަދު ޔާމީން ވިދާޅުވީ އޭޑީކޭ ޓަވަރުގެ ހުޅަނގަށް އޮތް ބިމުގައި ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން ވަގުތީ އަމުރަކަށް ހުށަހެޅީ ނާޝިދުގެ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

މައްސަލަ ހުށަހެޅީ 15 ބުރިއަށް ހަދާ އެ އިމާރާތުގެ މުޅި މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި ނޫން ކަމަށާއި ބޭނުމަކީ ޑީވޯޓަކުރުމުގެ ސްޕީޑު މަޑުކޮށްލުމަށް ފަހު، އޭޑީކޭ ޓަވަރަށް ލިބިދާނެ ގެއްލުން ދަނެގަނެ، ދެ ފަރާތުގެ ތަޖުރިބާކާރުން މަޝްވަރާ ކުރެވި ގެއްލުން ނުވާނެ ގޮތަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އޭޑީކޭ ޓަވަރުގެ ހުޅަނގުން ހ. އަތިރީގޭގައި ހަދާ އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ފެން ދެމުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އޭޑީކޭ ޓަވަރުގެ ހުޅަނގުން ހ. އަތިރީގޭގައި ހަދާ އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ފެން ދެމުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭޑީކޭ ޓަވަރުގެ ހުޅަނގުން ހ. އަތިރީގޭގައި ހަދާ އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ފެން ދެމުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"އެ މައްސަލަ ކޯޓަށް ހުށަހެޅީ އެއްވެސް ހައްލެއް ނުލިބިގެން. ފެށުނީއްސުރެ އަޅުގަނޑުމެން މިދިޔައީ ހައްލެއް ހޯދަން މަޝްވަރާ ކުރަން އާދެބަލާށޭ ބުނަމުން. ނަމަވެސް މައްސަލަ ކޯޓަށް ހުށަހެޅި ފަހުން މިހާރު އެ އިމާރާތުގެ ކޮންޓްރެކްޓަރާ [އާރުސީސީ] ވާހަކަތަކެއް އެބަ ދެކެވޭ. އުއްމީދަކީ ހައްލުވެގެން ދިޔުން،" ޔާމީން ވިދާޅުވި އެވެ.

އިމާރާތުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް އެސެސްމެންޓެއް ހަދައި، އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާން ހުށަހެޅި ކަމަށާއި ނަަމަވެސް އެ އެސެސްމެންޓު ކޮންޓްރެކްޓަރު ނުހެދުމުން އޭޑީކޭގެ ފަރާތުން މިނިވަން އިންޖިނިއަރަކާ ހަވާލުކޮށްގެން އެސެސްމެންޓެއް ހަދާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޑީވާޓަކުރަން ފެށި ފަހުން އެސްޓާޒް ބިލްޑިން އާއި އޭޑީކޭ ޓަވަރާ ދެމެދު 95 މިލިމީޓަރުގެ ގެޕެއް މިހާރު އުފެދިއްޖެ. މާނައަކީ މިހާރު ވެލާނާގެއާ ދިމާއަށް މަޑުމަޑުން އަރިވަނީއޭ. އިމާރާތުގެ މައްޗަށް (ޓެރަސް) އަށް ފެން އަޅާލީމާ ފެންގަނޑު ވެސް ދަނީ އެ ދިމާއަށް (ހުޅަނގަށް). މިއީ އިންޑިޕެންޑެންޓް އިންޖިނިއަރުންގެ އޮބްޒަވޭޝަން،" ޔާމީން ވިދާޅުވި އެވެ.

އޭޑީކޭ ޓަވަރަށް ގެއްލުންވާ ގޮތަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާތީވެ، އެ މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީ އަދި ސިޓީ ކައުންސިލަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox