ސްކޭމް ހުއްޓުވަން، އެމްއެމްއޭ ލީޑްކުރާ ޓާސްކްފޯހެއް ހަދަން އަންގަނީ

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމެއްގަައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމެއްގަައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

އޮޅުވާލައިގެން ފައިސާ ހޯދުން (ސްކޭމް) ހުއްޓުވުމަށް ޓަކައި ކަމާ ބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޓާސްކްފޯހެއް ހަދަން އަންގަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ފާސްކޮށްފި އެވެ.

ސްކޭމް ހުއްޓުވަން ޓާސްކްފޯހެއް ހަދަން އަންގަން ނިންމީ ސްކޭމްތައް ނުހުއްޓުވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުބާރު ގެއްލޭތީ ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މައްސަލަ އެސްއޯއީ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓްގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި އެ ރިޕޯޓްގައިވާ ހުށަހެޅުމުގައިވާ ގޮތުން އެމްއެމްއޭއިން އިސްނަގައިގެން އުފައްދާ އެ ޓާސްކްފޯސް ވާން ޖެހޭނީ މަލްޓި-އޭޖެންސީ ޓާސްކްފޯހަކަށެވެ. އެ ޓާސްކްފޯހުން ކުރަން ޖެހޭނެ ކަމަކީ، ސްކޭމް ހުއްޓުުވުމަށް ޓަކައި މަސައްކަތްކުރާނެ ނިޒާމެއް، ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކާ އެކު މަސަައްކަތްކޮށްގެން ގާއިމްކުރުމެވެ.

އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އެ ރިޕޯޓް މަޖިލީހުން ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ޓާސްކްފޯސް އުފައްދައި، ސްކޭމާ ދެކޮޅު ނިޒާމު ވެސް އެކުލަވައިލަން ޖެހޭނެ އެވެ.

އެހެން ބައެއް ހުށަހެޅުންތައް

  • ބޭންކިން ގާނޫނާއި ފުލުހުންގެ ގާނޫނާއި ހެއްކާ ބެހޭ ގާނޫނާއި ގާނޫނުލް އުގޫބާތަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ނަމަ އެ ބަދަލުތަކެއް ގެނައުން
  • ސައިބާ ސެކިއުރިޓީ ގާނޫނަކާއި ޑޭޓާ ޕްރޮޓެކްޝަން ގާނޫނެއް ހެދުން
  • ފްރޯޑް އަދި ސްކޭމަށް ހުށަހެޅޭ ރައްޔިތުންނަށް، އެހީތެރިވާން ފްރޯޑް ޔުނިޓް އަދި ސްކޭމް ހޮޓްލައިނެއް ގާއިމްކުރުން
  • ސްކޭމް މެސެޖްތައް ދެނެގަނެ ފިލްޓާކޮށް ބްލޮކްކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމްކުރަން ސާވިސް ޕްރޮވައިޑަރުންނަށް (ފޯނާއި އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް ) އެންގުން

ފޯނުކޯލުތަކާއި ޕިޝިން ލިންކްތައް މެދުވެރިކޮށް މީހުންގެ އެކައުންޓްތަކުން ފައިސާ ވަގަށް ނެގުން އިތުރުވެ، އާއްމުންގެ ޝަކުވާ ބޮޑުވުމުން ރައްޔިތުންގެ މަޖިލީހަށް ވެސް އެކަމާ ގުޅޭ ދެތިން މައްސަލައެއް ހުށަހެޅި އެވެ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މައްސަލައަކީ އޭގެ ތެރެއިން އެއް މައްސަަލަ އެވެ.

އެސްއޯއީ ކޮމިޓީން އެ މައްސަލަ ދިރާސާކުރި އިރު ކަމާ ބެހޭ ހުރިހާ މުއައްސަސާއެއްގެ އިސްވެރިން ހާޒިރުކޮށް ގިމަ މައުލޫމާތުތަކެއް އެއްކުރި އެެވެ. އެކޮމިޓީއަށް ފުލުހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން އެފަދަ މައްސަލަ ތައް އެންމެ ގިނައިން ހުށަހެޅީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ފުލުހުންނަށް އެފަދަ 1087 މައްސަލަ ހުށަހެޅި އެވެ. އޭގެ ކުރީ އަހަރު 601 މައްސަަލަ އަދި މިއަހަރުގެ މިހައިތަނަށް 155 މައްސަލަ ހުށަހަޅާފައިވާ ކަން ވެސް ފުލުހުން ކޮމިޓީއަށް ދިން މައުލޫމާތުގައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox