ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދެއްގައި ގެންގުޅޭ ވެހިކަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެބަ އުޅެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ކޮންސްޓްރަކްޝަން ސައިޓެއްގައި ކަމަށެވެ.
"އަލިފާނުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަނެއް އެއްވެސް މިންވަރެއްގެ ބުރުލެއް އަރާފައެއް ނުވޭ،" އޭނާ ބުންޏެވެ.
އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ސާވިސާސް މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.











