އެމްޓީސީސީގެ ހިއްސާ ގަތުމުގެ ލިމިޓު އުވާލުމާމެދު ހިއްސާދާރުންގެ ހިޔާލު ހޯދަނީ

Apr 12, 2023, 2:00 PM
އެމްޓީސީސީގެ އޮފީސް އިމާރާތް: އިސްލާހު ހުށަހަޅާނީ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި -- ފޮޓޯ: އަދަދު ފައިލް

އެމްޓީސީސީގެ އޮފީސް އިމާރާތް: އިސްލާހު ހުށަހަޅާނީ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި -- ފޮޓޯ: އަދަދު ފައިލް

އާންމު ފަރުދަކަށް އެންމެ ގިނަވެނެގެން މިލްކު ކުރެވޭނީ އެމްޓީސީސީގެ ހިއްސާގެ ތެރެއިން ފަސް ޕަސެންޓު ކަމަށް ބުނާ މާއްދާ އުވާލުމާމެދު ހިއްސާދާރުންގެ ހިޔާލު ހޯދަން އެކުންފުނިން މިއަދު ހުޅުވާލައިފި އެވެ.

އެމްޓީސީސީން ބުނީ ހިއްސާ ގަތުން ލިމިޓު ކުރާ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ މާއްދާ އުވާލުމަށް އާންމު އަހަރީ ޖަލްސާގައި ހުށަހަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އާންމު ފަރުދުން ހިއްސާ ގަތުން ލިމިޓު ކުރާ މާއްދާގައި ބުނަނީ، "ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވިޔަސް، އަމިއްލަ ފަރުދަކަށް ނުވަތަ އަމިއްލަ ފަރުދެއް ހިއްސާވާ ގާނޫނީ ޝަހުސަކަށް، އެންމެ ގިނަވެގެން މިލްކުކުރެވޭނީ ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ ފަސް ޕަސެންޓު" ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކަށް އެމްޓީސީސީގެ ހިއްސާގެ އެއްވެސް މިންވަރެއް ގަތުން މަނާ ކުރާ މާއްދާ ވެސް އުވާލަން ޑިރެކްޓަރުންގެ ބޯޑުން ބޭނުންވެ އެވެ.

އެ މާއްދާގައި ބުނަނީ "އެއްވެސް ހިނދަކު އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ އަދި ކުރިމަގުގައި ދޫކުރެވޭ މިކުންފުނީގެ ހިއްސާގެ ތެރެއިން އެއްވެސް މިންވަރެއް، ސަރުކާރުގެ ކުންފުންޏަކުން ނުވަތަ ސަރުކާރުގެ ބާރުގެ ދަށުގައިވާ (ސަރުކާރުގެ މަދުވެގެން 51 ޕަސެންޓު ހިއްސާ އެކުލެވެ) ގާނޫނީ ޝަހުސެއްގެ ނަމުގައި ވިޔަސް އޮވެގެން ނުވާނެ" ކަމަށެވެ.

އެމްޓީސީސީން ބުނީ މެއި 16، 2021 ގައި ފާސް ކުރި ހިންގާ ގަވާއިދުގައި ހިމަނާފައި އޮތް ދެ މާއްދާ އުވާލަން ބޭނުންވަނީ ރެގިއުލޭޓަރުންގެ ލަފާގެ މަތިން ކުންފުންޏާ ބެހޭ ގާނޫނުގެ ތެރެެއަށް ހިންގުން ފައްތަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox