ނައީމާގެ މަރާއެކު މަަނަދޫގައި ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

މަނަދޫގައި ނައީމާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި - ފޮޓޯ: އަދަދު

މަނަދޫގައި ނައީމާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި - ފޮޓޯ: އަދަދު

ނ. މަނަދޫގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

މަނަދޫ ކައުންސިލްގެ ފަރާތުން ސަރުކާރުގެ ގެޒެޓްގައި އެފަދަ އިއުލާނެއްކޮށްފައި މި ވަނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، މަރާލާފައި އޮއްވައި ފެނިފައި ވަނިކޮށެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުލްރަހްމާން ސަބީހު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރަށުގެ ރައްކާތެރިކަމަށް އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ މި އަހަރަށް ކަނޑައެޅި ކައުންސިލް ބަޖެޓުގައި ވެސް ހިމަނައިގެން ކުރިން ރާވައިގެން ކަމަށެވެ.

"ކުރިން ވެސް ބައެއް މީހުން ފޯރުކޮށްދޭން ހުރި ކެމެރާތަކެއް ކައުންސިލަށް ގެނެސް ބަލާފައި ވެސް ވޭ،" ސަބީހު ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭރު ކައުންސިލުން އެ މަސައްކަތް ކުރަމުން ދިޔައީ އެންމެ ބޮޑު އިސްކަމެއް އެ ކަމަށް ދީގެން ނޫން ކަމަށް ކައުންސިލްގެ ރައީސް ސަބީހު ވިދާޅުވި އެވެ. މީހަކު މަރާލުމުގެ ބޮޑު ހާދިސާއެއް ރަށުގައި ހިނގާފައި އޮތުމުން ކައުންސިލުން ދެން ނިންމީ އެ ކަން ވީ އަވަސް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

"މި ކޭސް ވެސް ދިމާވުމުން، އަޅުގަނޑުމެން މިހާރު ޕްރިއޯރިޓީ ދެވޭ އެންމެ އިސް ކަމަށް އެ ކަން ވެފައި މި އޮތީ، އެހެންވުމާއެކު އިއުލާން ނެރެ އެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން މި ދަނީ،" ސަބީހު ވިދާޅުވި އެވެ.

މަނަދޫ ކައުންސިލްގެ ރައީސް ސަބީހު ވެސް ފާހަގަ ކުރެއްވި ގޮތުގައި، އެ ރަށަކީ ކުށް ވަރަށް މަދު ރަށެކެވެ. ފަހުގެ ތާރީހެއްގައި މީހަކު މަރާލާފައި އޮއްވާ އެ ރަށުގައި ފެނުނު މިއީ ފުރަތަމަ ހާދިސާ އެވެ. ރަށުގައި ކުށް މަދު ކަމުން ފުލުހުންގެ އިދާރާގައި ވެސް ކެމެރާ ހަރުކުރުމުގެ ބޭނުމެއް މީގެ ކުރިން ޖެހިފައި ނެތް ކަން އޭނާ ފާހަގަ ކުރައްވާފައި އެބަ ވެ އެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ރަށުގައި ސީސީޓީީވީ ކެމެރާ ހަރުކުރަން ޝައުގުހުރި އެއްވެސް ފަރާތެއްވާ ނަމަ، އެ ކަމަށް އެދި ބިޑް ހުށަހެޅުމަށް އޮތް ސުންގަޑީއަކީ މި މަހު 27 ގެ ނިޔަލަށެވެ.

މިދިޔަ ހުކުރު ދުވަހު އިރުއޮއްސެނިކޮށް ނައީމާ އުޅޭ ގެއިން އޭނާ މަރާލާފައި އޮއްވާ ފެނިފައިވާއިރު، މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ދުވަހުގެ މެންދަމު 2:00 ޖެހި އިރު ރަށަށް ގޮސް ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދުގެ ވަގުތެއްގައި ރަށުގެ ފަޅުގެއެއް ވެސް ފުލުހުން ބަލައިފާސްކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާއިރު، ހުއްދަ ނެތި ރަށުން އަރައިފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރަށަށް އަރައިފާބައި މީހުން ވެސް ގެންދަނީ ނޯޓުކޮށް މޮނިޓާކުރަމުންނެވެ.

އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލަމުންދާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.

ނައީމާގެ އެއްވެސް ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާއިން އެކަން ފުލުހުންނަށް އެންގުމުން އެގެއަށް ފުލުހުން ގޮސް ދޮރު ވައްޓާލައިގެން ވަތް އިރު އޭނާ އޮތީ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި ކަމަށް ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox