ޕީޕީއެމްގައި ގާބިލް ބޭފުޅުން ތިބި ނަމަވެސް އެބޭފުޅުންގެ އުއްމީދުތައް ގުޅެނީ 2023 އަކާ ނޫން: އަބްދުއްރަހީމް

Apr 9, 2023, 4:24 PM
އަބްދުއްރަހީމް މި ނޫހާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ޕާޓީ ހިންގަވަނީ ރައީސް ޔާމީންގެ އިރުޝާދާއެކު ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އަބްދުއްރަހީމް މި ނޫހާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ޕާޓީ ހިންގަވަނީ ރައީސް ޔާމީންގެ އިރުޝާދާއެކު ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިދިކޮޅު ޕީޕީއެމްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާބިލު ބޭފުޅުން ތިއްބެވި ނަމަވެސް އެބޭފުޅުންގެ އުއްމީދުތައް ގުޅެނީ ކުރިއަށް އޮތް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބާ ނޫން ކަމަށް އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މި ނޫހުން ކޮންމެ ރޯދަ މަހަކު ގެނެސްދޭ ސިޔާސީ ޓޯކް ޝޯ "ކުޅިކޮށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކީ އަދިވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.

"އެއީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. ސިޔާސީ މަސައްކަތުގައި ބަޔަކު އުޅޭއިރު ކޮންމެ މީހެއްގެ ވެސް ހުންނާނެ އުއްމީދުތަކެއް ހާސިލް ކުރަން ބޭނުންވާ. ޕީޕީއެމްގައި ވެސް އެބަތިބި ވަރަށް ގާބިލް ކަމަށް އެކަށޭނެ ބޭފުޅުން. އެބޭފުޅުންގެ ވެސް ހުންނާނެ އުއްމީދުތަކެއް. އެކަމަކު އެ އުއްމީދު ގުޅިފައި އޮތީ 2023 އަކާ ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް ހިނގަނީ ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށާއި ޖަލުގައި ހުންނެވި ނަމަވެސް ޕާޓީ ހިންގުމުގައި ޔާމީން މުހިންމު ރޯލެއް އަދާކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަކީލުން މެދުވެރިކުރައްވާ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ މެސެޖެއް ޕާޓީގެެ ލީޑަރުންނާ ހަމައަށް ގެންދަވާ ކަމަށެވެ.

އިދިކޮޅު ޕާޓީ އާއި ޕާޓީގެ ލީޑަރުންގެ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރިޝްވަތު ނެގުމާއި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސިޔާސީ ކަންކަމުން ނުފެންނަނީ އެއީ ޔާމީން ބޭނުންވެވެޑައިގަންނަވާ ގޮތްކަމުގައި ނުވާތީ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި މިހާރުގެ ގާނޫނީ ވަކީލު މުހައްމަދު ޖަމީލު އަހުމަދު އަލުން ޕީޕީއެމަށް މަސައްކަތް ކުރެއްވުމާ ގުޅޭ ގޮތުން ވެސް އަބްދުއްރަހީމް ވާހަކަ ދެއްކެވި އެވެ.

"މިފަހަރު ވެރިކަން ގެންނަން ކިހިނެއްތޯވީ. ތިޔައީ ޒައީމޭ ޖެހީ އެމްޑީޕީ ހަރުގެއިން. އެ ނޫންތޯ މިކަން ހިނގާ ގޮތަކީ. އަޅުގަނޑު ގަބޫލު ކުރަނީ ޖަމީލަކީ އެއިރެއްގައި ހުންނަ ދިމާލެއްގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއް. މިއީ ހަގީގަތް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލު ކުރަނީ ޖަމީލަށް ކުރެވުނު ތަޖުރިބާގެ އަލީގައި ޖަމީލު އަސްލަށް ރުޖޫއަވެއްޖެޔޭ.

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ވެރިކަން ހިންގާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަޖިލީހުގެ ފުރިހަމަ ބާރާއެކު ވެސް އެމްޑީޕީގެ އެއްވެސް ވައުދެއް ނުފުއްދުނު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތީ. އަޅުގަނޑަކަށް ނުފެނުނު ތިބޭފުޅުން ވިދާޅުވި އެއްވެސް ކަމަކަށް އަމަލީ ސިފަ އައިތަނެއް. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެ ކަމަށް ރަައީސް ސޯލިހު ވިދާޅުވި. ފަސްދޮޅަސް ފަސް މެމްބަރުންނާއެކު ފަސް އަހަރުގެ ދައުރެއް ފުރިހަމަވާއިރު އެކަމެއް ނުވި. ޝަރުއީ ނިޒާމް މިނިވަން ކުރައްވާނަމޭ ވިދާޅުވި،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox