ސަފާގެ އުމްރާވެރިން މި ރޯދަ މަހު އުމްރާއަށް ފޮނުވަން އަންގައިފި

Apr 6, 2023, 8:35 PM
ސަފާ ގްރޫޕުން ބޭއްވި އުމްރާ ބައްދަލުވުމެއްގެ ތެރެއިން: ސަރުކާރުން އެންގީ ހަމަ މި ރޯދަ މަހު އެމީހުން އުމްރާއަށް ފޮނުވަން -- ފޮޓޯ: ފޭސްބުކް

ސަފާ ގްރޫޕުން ބޭއްވި އުމްރާ ބައްދަލުވުމެއްގެ ތެރެއިން: ސަރުކާރުން އެންގީ ހަމަ މި ރޯދަ މަހު އެމީހުން އުމްރާއަށް ފޮނުވަން -- ފޮޓޯ: ފޭސްބުކް

އަލް ސަފާ އުމްރާ ގްރޫޕަށް ފައިސާ ދައްކައިގެން އިއްޔެ އުމްރާއަށް ފުރަން މަސައްކަތް ކުރި އެންމެން ވެސް ވީހާ ވެސް އަވަހަކަށް މި ރޯދަ މަހުގެ ތެރޭގައި އުމްރާއަށް ފުރުވާލުމަށް އިސްލާމިކް މިނިސްޓްރީން މިރޭ އަންގައިފި އެވެ.

ސަފާ ގްރޫޕުގެ ފަރާތުން އުމްރާއަށް ފުރަން ތައްޔާރުވެފައި ތިބި 180 މީހުންނަށް އިއްޔެ ނުފުރޭނެ ކަމަށް އެންގީ ލަގެޖު ވެސް ކުންފުންޏާ ހަވާލުކޮށްފައި އޮއްވައި ކުއްލިއަކަށެވެ. ސަފާ ގްރޫޕުން ބުނީ ނުފުރުނީ ދަތުރުވެރިންގެ ވިސާ ހަމަނުޖެހިގެން ކަމަށެވެ.

"ތިން މަސް ދުވަހަށް އުމްރާ ވިސާ ލިބޭއިރު ދުރާލައި ކުންފުނީގެ ފަރާތުން ވިސާގެ ކަންކަން ހަމަޖައްސާފައިނުވާކަން މިނިސްޓްރީއަށް ފާހަގަ ކުރެވޭ،" އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ސައުދީގައި ވިސާ ދޫކުރަނީ އެކަމަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދޫކުރާ އެޖެންސީތަކުންނެވެ.

އެ މައްސަލަ ބެލުމަށްފަހު އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް ދާން ބޭނުންވި މީހުންނަށް ވިސާ ހަމަނުޖެހުނީ ސައުދީ އަދި ދިވެހި ސަރުކާރުގެ މައްސަލައެއް ވެސް އޮވެގެން ނޫން ކަމަށެވެ. ސައުދީ އެޖެންސީން ވިސާ ދޫކުރުމުގައި ލަސްތަކެއް އުޅެނީ ކަމަށް ސަފާ ގްރޫޕުން ބުނެފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

މި އަހަރު ރޯދަ އުމްރާއަކަށް އަލް ސަފާ ކުންފުނިން ބޮލަކަށް 37،500ރ. ނެގި އެވެ. އެ މަގުން ބަލާނަމަ މި ރަމަޟާން މަހުގެ އުމްރާވެރިން އެ ގްރޫޕަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ދައްކާފައިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox