ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު އަދީބުގެ އެމްޓީޑީއަށް ފޮނުވައިފި

Apr 6, 2023, 3:30 PM
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: މިހާރު ހުންނެވީ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއްގައި -- ފޮޓޯ: އަހުމަދު އަދީބު ފޭސްބުކް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: މިހާރު ހުންނެވީ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއްގައި -- ފޮޓޯ: އަހުމަދު އަދީބު ފޭސްބުކް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްއަށް މިއަދު ފޮނުވައިފި އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ސޮއި ކުރައްވާ ފޮނުވި ދައުވަތުގައި އެދިފައިވަނީ ޖޭޕީން ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާތީ އެޕާޓީއާއެކު ކޯލިޝަން ހެދުމަށް އެދިފަ އެވެ.

ކޯލިޝަން ހެދުމުގެ ދައުވަތު އެމްޓީޑީއަށް ފޮނުވިކަން ޖޭޕީގެ އޮފިޝަލަކު ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ. އެހެންކަމުން، ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ހަ ފަރާތަކަށް ދައުވަތު ފޮނުވުނީ އެވެ.

މީގެ ކުރިން އިދިކޮޅު ޕީޕީއެމް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އާއި އެމްއެންޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ވެސް ޖޭޕީން ވަނީ ދައުވަތު ފޮނުވައިފަ އެވެ.

އޭގެ ތެރެއިން ޖަވާބުދީފައި ވަނީ އެމްއެންޕީ އާއި އެމްއާރްއެމްގެ ފަރާތުންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމަށް ބޭނުންނުވާ ކަމަށް އެމްއެންޕީން ބުނިއިރު އެމްއާރްއެމުން ބުނެފައި ވަނީ އެކަމާ ގުޅޭ ގޮތުން ޖެހޭނީ މަޝްވަރާ ކުރަން ކަމަށެވެ.

ރިޔާސީ އިންތިހާބަށް ގާސިމް އިބްރާހިމް ނިކުންނެވުމަށް ނިންމެވީ މިދިޔަ ހަތަރު އަހަރު ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު އެއް ޕާޓްނަރުގެ ގޮތުގައި ހުންނެވުމަށްފަހު އެވެ. އޭގެ ފަހުން ޖޭޕީން ގެންދަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރަމުންނެވެ.

ޖޭޕީން ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވަމުންދާއިރު އެމްޑިޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހު ވަނީ އަދާލަތު ޕާޓީ އާއި އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއާއެކު ކޯލިޝަން ހައްދަވައިފަ އެވެ. އަދި ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރްއެމަށް ވެސް ސަރުކާރުން ވަނީ ފޮނުވައިފަ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބަ 20 އަހަރަށް ޖަލަށްލުމަށް އޮކްޓޯބަރު، 2020، ގައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. ނަމަވެސް އަދީބު ހުންނަވަނީ ގޭ ބަންދުގަ އެވެ.

އެ މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން އަދީބު ހުރީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި 15 އަހަރަށް ޖަލަށްލައިފަ އެވެ. ނަމަވެސް ފަހުން ކޯޓުން އެ ހުކުމް ބާތިލް ކުރީ އެވެ. ފަހުން ގޭ ބަންދުގައި ހުންނެވުމަށްފަހު ޓަގު ބޯޓެއްގައި އިންޑިއާއަށް ފިއްލެވިތަނުން ޓަމިލްނާޑޫއިން އޯގަސްޓު، 2019، ގައި ހައްޔަރު ކުރި އެވެ.

އޭގެ ފަހުން ރައީސް ޔާމީންގެ ޝަރީއަތުގައި އަދީބު ހެކިބަސް އަދާ ކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކަނޑައެޅީ އަދީބަކީ ފާސިގެއް ކަމަަށާއި އޭނާގެ ހެކިބަސް އެ މައްސަލައިގައި ބަލައިނުގަނެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox