ގާސިމުގެ ދައުވަތަށް އުމަރުގެ ޖަވާބު: "އަޅުގަނޑަކީ ފަހަތަށް އަރާނެ މީހެއް ނޫން"

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ވިދާޅުވީ އެބޭފުޅާ ކޯލިޝަން ނުހައްދަވާނެ ކަމަށް - ފޮޓޯ: މަޖިލިސް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ވިދާޅުވީ އެބޭފުޅާ ކޯލިޝަން ނުހައްދަވާނެ ކަމަށް - ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގާ ވާދަކުރައްވަން އިއުލާންކޮށްފައިވާ ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށް އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކޯލިޝަން ހެދުމަށް އެދި ގާސިމް، އުމަރު ހިމެނޭހެން ޕީޕީއެމާއި އެމްއާރުއެމާއި އެމްއެންޕީއަށް އިއްޔެ ފޮނުއްވި ކަމަށް ބުނާ ސިޓީ ލިބުނުކަންވެސް އުމަރު ވަނީ މިއަދު "އަދަދު" އާ ވާހަކަދައްކަވަމުން ދޮގުކުރައްވާފަ އެވެ. އަދި އެބޭފުޅާ އިންތިހާބުގައި ވަކިން ވާދަކުރެއްވުމުގެ ވިސްނުމަށް ބަދަލެއް ނާންނަކަމަށްވެސް ވިދާޅުވި އެވެ.

"އެފަދަ ސިޓީއެއް ނުލިބޭ، އެހެންނޫނަސް އިންތިހާބާމެދު އަޅުގަނޑުގެ ވިސްނުންހުރި ގޮތް ވަރަށް ސާފުވާނެ، އައިއޭމް ނޮޓް އަ ފޮލޯވާ," އުމަރު ވިދާޅުވި އެވެ.

މިއީ އުމަރު ވާދަކުރައްވާ ތިންވަނަ ރިޔާސީ އިންތިހާބެވެ. އެގޮތުން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް އުމަރަށް އެ ދެފަހަރުވެސް ފުރަތަމަ ބުރުން ނާކާމިޔާބުވި އެވެ.

ގާސިމް އިއްޔެ ފޮނުއްވި ސިޓީއަށް އެމްއެންޕީ އަދި އެމްއާރުއެމް އިން މިހާތަނަށް ޖަވާބެއް ދީފައިނުވާއިރު، ޕީޕީއެމް އިން ވަނީ ގާސިމްގެ ފަހަތަށް ނާރަނެ ކަމަށް ބުނެފަ އެވެ. އެގޮތުން އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކޯލިޝަނަކުން އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީނަށް ވިޔަސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ބަންދުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox