މީސްލްސް އާ ބެހޭ މުހިންމު މައުލޫމާތުތައް އެނގޭތަ؟

މީސްލްސް އާ ބެހޭ މުހިންމު މައުލޫމާތުތައް އެނގޭތަ؟

ހިމަބިހި ނުވަތަ މީސްލްސްއަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ވެކްސިނާއެކު 2017 ވަނަ އަހަރު މި ބަލި ރާއްޖެއިން ނައްތާލާފައިވީ ނަމަވެސް، އެފަހުން މީސްލްސްގެ އައުޓްބްރޭކެއް އައި މިއީ ދެވަނަ ފަހަރެވެ. އެހެންކަމުން މި ބައްޔާއ ބެހޭގޮތުން މައުލޫމާތު އެނގެނީ ކިހާ މިންވަރަކަށްތޯ ބަލާލުން މުހިންމެވެ.

މީސްލްސް އަކީ ޕެރަމައިކްސޯ ވައިރަސް އާއިލާގެ ވައިރަހަކުން ޖެހޭ، ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މި ވައިރަސް އެންމެ ފުރަތަމަ ޖެހެނީ މީހާގެ ނޭވަލާ ނިޒާމަށެވެ. އެއަށްފަހު މުޅި ހަށިގަނޑުގައި ފެތުރެ އެވެ. މި ވައިރަސް ވައިގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ހުރެ އެވެ.

މީސްލްސް ޖެހިފައިވާ މީހަކު ތަނަކަށް ގޮސްފިނަމަ، އެމީހަކު އެތަނުން ދާތާ ދެ ގަޑިއިރު ވަންދެން އެތަނެއްގައި ވައިރަސްގެ އަސަރު ހުރެ އެވެ. އެހެންކަމުން، މި ބަލި ޖެހިފައިވާ މީހަކު، ސްކޫލަކަށް ނުވަތަ ހޮސްޕިޓަލަކަށް ގޮސްފިނަމަ، ދެ ގަޑިއިރު ވަންދެން އެތަނަކަށް ދާ ކޮންމެ މީހަކަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. މިއީ އެންމެ ހަލުވި ކަމާއެކު ފެތުރޭ އެއް ބައްޔެވެ.

މީސްލްސް ޖެހުމުގެ ފުރުސަތު އެންމެ ބޮޑަަށް އޮތީ ވެކްސިން ނުޖަހާ މީހުންނާއި، ކުޑަކުދިންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. ވެކްސިން ޖަހާފައިވާ މީހުންނަށް މީސްލްސް ޖެހުމަކީ ޑޮކްޓަރުން ބުނާގޮތުގައި ވަރަށް ނާދިރު ކަމެކެވެ.

1963 ވަނަ އަހަރު ތައާރަފުކުރި މީސްލްސް ވެކްސިނަކީ، އެ ބަލިން ރައްކާތެރިވުމަށް ދެ ޑޯޒް ފުރިހަމަ ކުރަންޖެހޭ ވެކްސިނެކެވެ. މީސްލްސް ވެކްސިން ނުވަތަ އެމްއާރް އަދި އެމްއެމްއާރް ވެކްސިން ޖަހަން ޖެހެނީ އުމުރުން ނުވަ މަހާއި 18 މަހާ ދެމެދު އެވެ. އަދި ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު މަސް ތެރޭގައި ދެވަނަ ޑޯޒް ޖަހަން ޖެހެ އެވެ. އާންމުކޮށް ކުޑައިރު މި ވެކްސިން ޖެހި ނަމަވެސް، ވެކްސިން ނުޖަހާތިބި ބޮޑެތި މީހުންނަށް ވެސް މި ވެކްސިން ޖެހޭނެ އެވެ.

ބައްޔަށް ހުށަހެޅިފައިވާ މީހުންނަށް ވެސް ވެކްސިން ޖެހޭނެ އެވެ. މީސްލްސް ވެކްސިން ނުޖެހޭނީ މާބަނޑު މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ވެކްސިން ނުޖެހޭ މީހުންނަށެވެ.

މީސްލްސްއަކީ، ނުރައްކާތެރި ބައްޔެއް ކަމަށްވާއިރު، އެ ބަލީގައި ފުރަތަމަ ފެންނަނީ ވަރަށް އާންމު އަލާމާތްތަކެވެ. އެ އަލާމާތްތަކަކީ:

  • ހުން އައުން
  • ލޯ ރަތްވުން
  • ހިކި ކެއްސުމަކުން ކެއްސުން
  • އަރިދަފުސް ފޭބުން
  • ފެން ނުލާ ހުންނަ ބިހިތަކެއް ގައިގައި ނެގުން
  • އަނގަތެރޭގައި ކޮޕްލިކްސް ސްޕޮޓްސް ނެގުން (ހުދު ސްޕޮޓްސްތަކެއް)

މީސްލްސްގެ އަލާމާތްތައް ފެންނަނީ، ބަލި ޖެހޭތާ ފަސް ދުވަހާއި 10 ދުވަހާ ދެމެދު އެވެ. އަދި ބަލީގެ އަލާމާތްތައް ފެނުމުގެ ދެ ދުވަހެއް ކުރިން އެހެން މީހުން ގަޔަށް ބަލި ފެތުރެން ފަށަ އެވެ. އަދި ބިހިތައް ނަގަން ފަށަނީ ވައިރަސް ހަށިގަނޑަށް އަރާތާ ދެ ހަފްތާ ފަހުންނެވެ. ބިހިތައް ފެންނަން ފަށާތާ ތިން ދުވަސް ވަންދެން އެހެން މީހުން ގަޔަށް ބަލި އަރަ އެވެ.

މީސްލްސް އަކީ ނުރައްކާތެރި ބައްޔެއް ކަމަށްވާއިރު، ބަލީގައި ބައެއް ކޮމްޕްލިކޭޝަންތައް ދިމާވެ އެވެ. ބަލީގެ ސަބަބުން ކޮމްޕްލިކޭޝަންސް އާންމުކޮށް ފެންނަނީ އުމުރުން ފަސް އަހަރު ނުވާ ކުދިންނާއި، އުމުރުން 30 އަހަރަށްވުރެ ދޮށީ މީހުންނަށެވެ. އަދި، މި ބަލީގައި މަރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދިމާވެދާނެ ބައެއް ކޮމްޕްލިކޭޝަންސްތަކަކީ:

  • ލޯ އަނދިރިވުން
  • އެންސަފަލައިޓިސް (ސިކުނޑި ދުޅަވުމަށް މެދުވެރިވެދާނެ އިންފެކްޝަނެއް)
  • ކަންފަތުގެ އިންފެކްޝަން
  • ނިއުމޯނިއާ
  • ލިވާ ހަލާކުވުން
  • ސިކުނޑީގެ ނާރުތަކަށް ގެެއްލުން ލިބުން

މި ބަލި ޖެހިފައިވާނަމަ ނުވަތަ ބައްޔަށް ޝައްކު ކުރެވޭނަމަ އަމަލު ކުރަން ޖެހެނީ، ކޮވިޑް ޖެހުމުން ވެސް އަމަލު ކުރި ގޮތަށެވެ. ގިނައިން އަތް ދޮވުމާއި، މާސްކު އެޅުމާއި، އައިސޮލޭޓްވުން އެއީ މުހިންމު ކަމެކެވެ. މީސްލްސް އިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމެވެ.

މީސްލްސް ޖެހިފައި މީހުންނަށް ފަރުވާ ދެނީ ބަލީގެ އަލާމާތްތަކަށެވެ. އަދި ބަލީގައި ބޮޑުވަރުވުމުން ދުރުކުރުމަށް ވިޓަމިން އޭގެ ދެ ޑޯޒް ޖަހާނެ އެވެ.

މީސްލްސް ޖެހިފައިވާނަމަ ނުވަތަ ބައްޔަށް ޝައްކު ކުރެވޭނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަން އޯޕީޑީއަށް ދިއުމަކީ އެކަމުގެ ސަބަބުން އެހެން މީހުންނަށް ބަލި ފެތުރިދާނެ ކަމަކަށްވާތީ، ވަކިން ދެއްކުމަށް ޑޮކްޓަރުން ލަފާ ދެ އެވެ.

ޑރ. އަހުމަދު ފައިސަލް ވިދާޅުވާ ގޮތުގައި، މީސްލްސްއިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވީ ނަމަވެސް އަވައްޓެރި ގައުމުތަކުގައި މި ބަލި ފެތުރޭތީ، ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ބަލިތައް ވެކްސިން ޖަހައިގެން ނައްތާލެވުނީމަ ގިނަ ފަހަރަށް މީހުން އޭގެ މަތިން ހަނދާން ނެތޭ، ބަލި ނުފެންނަން ފެށީމަ. ދެން ވެކްސިން ޖެހުން ލަސްވުމާއި، ވެކްސިން ޖަހައިގެން ތަދުވުމާއި ހުންއައުން، މިކަހަލަ ކުދި ކުދި ކަންކަމަށް މާބޮޑަށް ވިސްނާ. ވެކްސިން އިން ލިބޭ ފައިދާއަށްވުރެ ބޮޑަށް މިކަންކަމަށް ވިސްނަނީ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ޑރ. ފައިސަލް ވިދާޅުވީ ގިނަ ބަލިތައް ކޮންޓްރޯލްވެފައި ހުންނަނީ ވެކްސިންގެ ސަބަބުން ކަން އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން ބޭރުން ބަލި ޖެހިފައިވާ މީހަކު ރާއްޖެ އައުމުން ވައިރަސް ފެތުރި، އޭގެ ޝިކާރައަކަށް ވާނީ ވެކްސިން ނުޖަހާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox