ތިލަފުށީގައި ހުރި އިމާރާތެއްގައި ރޯވެއްޖެ

Mar 31, 2023, 8:40 AM
ތިލަފުށީގައި ހުރި އިމާރާތެއްގައި ރޯވެ ދުންގަނޑު ފެތުރެނީ: އަލިފާން ނިއްވުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުން. -- ފޮޓޯ: ނާޝިދު

ތިލަފުށީގައި ހުރި އިމާރާތެއްގައި ރޯވެ ދުންގަނޑު ފެތުރެނީ: އަލިފާން ނިއްވުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުން. -- ފޮޓޯ: ނާޝިދު

އިންޑަސްޓްރިއަލް އައިލެންޑް ކ. ތިލަފުށީގައި ހުރި އިމާރާތެއްގައި މިއަދު މެންދުރު ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ސިފައިން ބުނީ ރޯވީ ގުދަނެއްގައި ކަމަށާއި އެކަން ރިޕޯޓު ކރުީ މެންދުރު 12:45 ހާއިރު ކަމަށެވެ. އެ ސަރަހައްދަށް ތިލަފުށީ ފަޔާ ސްޓޭޝަނުގެ ވެހިކަލްތައް ގޮސް އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިފައިން ބުންޏެވެ.

ސިފައިން ބުނީ ރޯވީ ދެ ބުރިއަށް ހަދާފައި ހުރި އިމާރާތެއްގައި ކަމަށާއި އެތަނުގެ ތިރީ ބުރިއަކީ ލަކުޑި ގުދަނެއް ކަމަށާއި މަތީގައި ދިރިއުޅެނީ ބިދޭސީ މަސައްކަތްތެރިން ކަމަށެވެ.

އަލިފާން ރޯވީ ހައުސިން ޑިވެލޮޕްމަންޓުންގެ މަސައްކަތް ކުރަމުން އަންނަ ސައިޓެއްގައި އެތަނުން ދެންމެ ބުންޏެވެ. އަދި އަލިފާން ނިއްވުމުގައި އެޗްޑީސީގެ މުވައްޒަފުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ތިލަފުށީގައި ހުރި އިމާރާތުގައި އަލިފާން ރޯވެ އަނދަމުން ދަނީ.
ތިލަފުށީގައި ހުރި އިމާރާތުގައި އަލިފާން ރޯވެ އަނދަމުން ދަނީ.

ތިލަފުށީގައި ހުރި އިމާރާތުގައި އަލިފާން ރޯވެ އަނދަމުން ދަނީ. -- ފޮޓޯ: ނާޝިދު

ތިލަފުށިން އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އަލިފާން ރޯވެފައިވަނީ އަމިއްލަ މީހެއްގެ އިމާރާތެއްގައި ކަމަށާއި އެތަނުގައި އެތަން ގުދަނުގައި މުދާ ގުދަކުރާ ބައެއް ވެސް، އަދި މީހުން ދިރުއުޅޭ ބައެއް ވެސް ހުންނަ ކަމަށެވެ.

"އެއްވެސް މީހަކަށް އަދި އަނިޔާއެއް ނުވޭ. ނަމަވެސް އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ،" އެ ސަރަހައްދުގައި ހުރި މީހަކު ފޯނުން ބުންޏެވެ.

ތިލަފުށީގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމުންދާއިރު ޑިސެމްބަރު، 2022 ގައި ކ. ގުޅީފަޅުގައި ހުރި ބިދޭސީ މަސައްކަތްތެރިންގެ އެކޮމަޑޭޝަން ބްލޮކުގައި ރޯވެ އެކަކު ވަނީ މަރުވެފަ އެވެ. އަދި އޭގެ ކުރިން މާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ރޯވެ 10 މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox