މާފަންނު ފެރީ ޓާމިނަލް ސަރަަހައްދުގައި ގަވައިދާ ހިލާފަށް އަޅާފައިވާ ހުރި އުޅަނދުތައް ނަގަން މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު އަންގައިފި އެވެ.
އެމްޓީސީސީ އިން ބުނީ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުގެ ފަޅުތެރެއަކީ ހަމައެކަނި އެމްޓީސީސީގެ ފެރީތަކަށް ބޭނުންކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާއްސަ ހުއްދައެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ. އަދިި، އެ ސަރަހައްދުގައިވާ އުޅަނދުތައް ނަގަން 10 ދުވަހުގެ މުއްދަތެއް އެމްޓީސީސީން ވަނީ ދީފަ އެވެ.
އެ ކުންފުންޏަށް ހާއްސަ ހުއްދައެއް ދީފައިވީ ނަމަވެސް، ގަވައިދާ ހިލާފަށް އެ ސަރަހައްދުގައި އެހެން އުޅަނދުތައް އަޅާފައި ހުންނަ ކަމަށާއި އޭގެ ސަބަބުން ގަޑިއަށް ފެރީ ފުރުމާއި ލެފުމުގައި ދަތިތައް ދިމާވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އެމްޓީސީސީ އިން ބުނީ ގަވައިދާ ހިލާފަށް ގިނަ އުޅަނދުތައް އެ ސަރަހައްދުގައި އަޅާފައި ހުރުމުގެ ސަބަބުން އެކްސިޑެންޓުތައް ވެސް ހިނގުމަށް މެދުވެރިވާ ކަމަށެ އެވެ،
އެމްޓީސީސީން ވަނީ އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް 10 ދުވަހުގެ ތެރޭގައި އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގާފަ އެވެ.

އެ މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތައް ފުލުހުން މެދުވެރިކޮށް ނަގާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.













