ޖޭޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިން މާދަމާ އިއުލާނުކުރާނެ

ޖުމްހޫރީ ޕާޓީގެ އިސްވެރިން؛ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ މީހުންގެ ނަންތައް މާދަމާ އިއުލާނު ކުރާނެ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޖުމްހޫރީ ޕާޓީގެ އިސްވެރިން؛ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ މީހުންގެ ނަންތައް މާދަމާ އިއުލާނު ކުރާނެ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޖުމްހޫރީ ޕާޓީން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލީ މީހުންގެ ނަންތައް މާދަމާ މެންދުރު އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހެދުމަށް ނިންމާފައިވާއިރު، ޕްރައިމަރީގާއި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރު 12:00 އަށެވެ.

ޖޭޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވީ މާދަމާ މެންދުރު 12 ޖަހާއިރު ބޭފުޅަކު ކުރިމަތިލާފައިވާނަމަ އާންމު ކުރާނެ ކަމަށެވެ.

ޖޭޕީއިން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައިވީނަމަވެސް، ޕާޓީގެ އިސް ބޭފުޅުން އަންނަނީ ލީޑަރު ގާސިމަށް ތާއީދު ކުރައްވަމުންނެވެ. ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ވެސް ވަނީ ގާސިމަކީ ރިޔާސީ ކެންޑިޑޭޓު ކަމަށް ބުނާ ބައެއް ޓްވީޓުތައް ރީޓުވީޓު ކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އިލްހާމް ވިދާޅުވީ ސިޔާސީ ލީޑަރުންގެ ތެރެއިން ރިޔާސީ ރޭޙުގައި ވާދަކުރެވޭ "ލެވެލްގައި" ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް ކަމަށެވެ.

"އެހެންނަމަވެސް [ވާދަކުރުމަށް] އެމަނިކުފާނު އަމިއްލައަށް ނިންމެވުމާ ނުނިންމެވުން އޮންނާނީ،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ޖޭޕީގެ އިސް ސަފުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ގާސިމަށް ވަރަށް ތާއީދު ކުރާ އަދި ގާސިމްގެ "ޒައާމަތަކަށް އެދިގެން ތިބި" ބޭފުޅުން ކަމަށެވެ.

ޖޭޕީގެ އަސާސީ ގަވާއިދު މީގެ ކުރިން އޮންނަ ގޮތުން ނަމަ އެ ޕާޓީގެ ލީޑަރަކީ އޮޓޯއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެއާއެކު ބެލެވިފައި އޮތީ ރިޔާސީ ކެންޑިޑޭޓަކީ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް ކަަމަށެވެ.

އެހެންނަމަވެސް، ޕޭޕީން ފަހުން ވަނީ އެ ޕާޓީގެ ކައުންސިލްގެ މެދުގައި ބޭއްވޭ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ނިންމައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން ނިންމާފައިވާއިރު ގިނަބަޔަކު ގަބޫލުކޮށްގެން ތިބީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. މީގެ ކުރިން ޖޭޕީއިން ރިޔާސީ އިންތިހާބުގައި 2008 އަދި 2013 ގައި ވާދަކުރި އިރުވެސް ޕްރައިމަރީއެއް ބާއްވާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox