އެކަކަށް ސިމް ނެގޭ ލިމިޓު ކަނޑައެޅުމުގެ މަސައްކަތް މެއި މަހު ފަށަނީ

އެސްއޯއީ ކޮމިޓިގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް

އެސްއޯއީ ކޮމިޓިގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް

އެކަކަށް މޯބައިލް ސިމް ނެގޭ މިންވަރު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަ މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންނަނީ ސްކޭމް ކޯލުތައް އިތުރުވާ މައްސަލަ ދިރާސާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމައި ޖަވާބު ދެއްވަމުން ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ، އެކަކަށް ނެގޭ ސިމް ކާޑުގެ މިން ކަނޑައެޅުމުގެ މަސައްކަތް އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

އެގޮތުން، އެކެެއްގެ ނަމުގައި ގިނަ ސިމްތަކެއް ނަގާފައިވާ ނަމަ އެ ސިމްތައް ވެރިފައިކޮށް އެ ފަރާތުގެ އައިޑެންޓިޓީ ވެރިފައި ކުރުމަށްފަހު އެ ލިސްޓުން ނަމްބަރުތައް ކެނޑުމުގެ މަސައްކަތް ވެސް މެއި މަހު ފެއްޓޭނެ ކަމަށާއި އެ މަސައްކަތަށް ހޭދަވާނެ ކަމަށް ބެލެވެނީ ތިން މަސް ދުވަހުގެ މުއްދަތެއް ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި މިހެން ގިނައިން ހުރި ނަމްބަރުތައް ހަމައަކަށް އަޅުވާލާ، އަލަށް އަޅުގަނޑުމެން ހަމަޖައްސާ އުސޫލެއް، އެއީ ކޮންމެ މީހަކަށްވެސް ވަކި ވަރަކަށް ސިމް ލިބޭ އުސޫލަށް އަމަލުކުރަން ފެށުން،" އިލްޔާސް ވިދާޅުވި އެވެ.

ސްކޭމްތައް އިތުރުވުމާ ގުޅޭގޮތުން އެސްއޯއީ ކޮމިޓީގެ އެދުމަށް ފުލުހުން ހުށަހެޅި ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ އެންމެ ބޮޑު މައްސަލައަކީ އެކެއްގެ ނަން މަތީގައި ގިނަ ސިމް ނެގޭ ގޮތަށް އޮތުމެވެ.

އެގޮތުން، ދެ ބިދޭސީއެއްގެ ނަން މަތީގައި 24،000 ސިމް ކާޑު، 12 ބިދޭސީއެއްގެ ނަމުގައި ދިރާގުގެ 38،000 ނަންބަރުގެ އިތުރުން ބައެއް ދިވެހިންގެ ނަން މަތީގައި 600 އަށް ވުރެ ގިނަ ސިމް ކާޑު ނަގައިގެން ބޭނުން ކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީން އޭގެ ތެރެއިން 305 ނަންބަރެއް ބޭނުން ކުރާކަން ޔަގީން ކުރެވިފައިވާ ކަން ފުލުހުންނާ ހަވާލާދީ ކޮމިޓީގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox