ވިސްލްބްލޯ ކުރުމަށް މިފްކޯއިން ފަސޭހަ ނިޒާމެއް އެކުލަވާލައިފި

މިފްކޯ މަސްފިހާރަތެރެ؛ ވިސްލްބްލޯ ކުރަން ހާއްސަ ނިޒާމެއް މިފްކޯއިން ގާއިމްކޮށްފި -- ފޮޓޯ: އަދަދު

މިފްކޯ މަސްފިހާރަތެރެ؛ ވިސްލްބްލޯ ކުރަން ހާއްސަ ނިޒާމެއް މިފްކޯއިން ގާއިމްކޮށްފި -- ފޮޓޯ: އަދަދު

މިފްކޯގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މަސައްކަތްތަކުގެ ތެރެއިން ރައްކާތެރިކަމާއެކު ވިސްލްބްލޯ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި އެވެ.

ވިސްލްބްލޯ ކުރުމަށް އެކުލަވާލި ނިޒާމުގެ ތެރެއިން މިފްކޯއިން ވަނީ އެ ކުންފުނީގެ ވެބްސައިޓަށް ހާއްސަ ލިންކެއް އިތުރުކޮށްފަ އެވެ. އަދި ވިސްލްބްލޯވާ ހޮޓްލައިނެއް ވެސް ގާއިމްކޮށްފަ އެވެ. 7212141 ހޮޓްލައިން ނަންބަރުން ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯއިން ބުނީ ވިސްލްބްލޮވާ ނިޒާމުގެ ތެރެއިން ކުންފުނީގެ މުވައްޒަފުންނާއި އާންމުންނަށް ވެސް މައްސަލަ ހުށަހެޅިދާނެ ކަމަށެވެ. އަދި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މައްސަލަ ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން އެ ނިޒާމަކީ ކުންފުނީގެ މެނޭޖްމަންޓުގެ ބޭރުން، އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުގެ ދަށުން ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީއަށް ރިޕޯޓުކުރެވޭ ގޮތަށް އެކުލަވާލާފައިވާ ނިޒާމެއް ކަމަށް މިފްކޯއިން ބުނެ އެވެ. ވިސްލްބްލޮވާ ނިޒާމު މެދުވެރިކޮށް މައްސަލަ ހުށަހަޅާއިރު، ވީހާވެސް ތަފްސީލުކޮށް ހެއްކާއެކު މައްސަލަ ހުށަހެޅުމަށް މިފްކޯގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުން ވަނީ އެދިފަ އެވެ.

މިފްކޯއިން އެކުލަވާލި ވިސްލްބްލޮވާ ނިޒާމުގެ ދަށުން މައްސަލައެއް ރިޕޯޓުކުރާ ފަރާތުގެ ވަނަވަރު ނޭނގޭގޮތަށް ނުވަތަ އެނޮނިމަސްކޮށް ވެސް ރިޕޯޓުކުރެވޭނެ އެވެ.

މިފްކޯއިން ބުނީ ވިސްލްބްލޯ ކުރާ ނިޒާމަކީ ކުންފުނީގެ މުދަލާއި ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބަލަހައްޓާ ބޭނުންކުރުމާއި، ކުންފުނީގެ އޮޕަރޭޝަނުގައި ކުންފުންޏަށް ގެއްލުންވާނެހެން އުސޫލުތަކާއި ހިލާފަށް އެތެރޭގައި ހިނގާ ކަންކަން ކުންފުނީގެ އިންޓާނަލް އޮޑިޓާއި ބޯޑަށް އެންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް މަގުފަހުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ހާއްސަ ނިޒާމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox