ފުވައްމުލަކު އެއާޕޯޓަށް ބާރުބޮޑު, ބޭނުމީ ބޮޑު ފްލައިޓް ޖެއްސޭނެ ގޮތެއް

ފުވައްމުލަކު އެއާޕޯޓު; ބޭނުން ވަނީ ބޮޑެތި ފްލައިޓް ޖެއްސޭ ވަރަށް އެއާޕޯޓު ބޮޑުކުރަން -- ފޮޓޯ: މިރާޝް/ އަދަދު

ފުވައްމުލަކު އެއާޕޯޓު; ބޭނުން ވަނީ ބޮޑެތި ފްލައިޓް ޖެއްސޭ ވަރަށް އެއާޕޯޓު ބޮޑުކުރަން -- ފޮޓޯ: މިރާޝް/ އަދަދު

ފުވައްމުލަކު އެއާޕޯޓަށް ބާރުބޮޑުވެ, ފުލް ކެޕޭސިޓީގައި ފްލައިޓް ޖެއްސޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް 'އަދަދު'އަށް ވިދާޅުވީ, މޯލްޑިވިއަން ފްލައިޓުން ޖާގަ ހޯދުމަކީ ރައްޔިތުންނަށް ދިމާވާ ގޮންޖެހުމެއް ކަމަށެވެ.

ފުވައްމުލަކު އެއާޕޯޓުގައި ދުވާލަކަށް 3-4 ފްލައިޓް މިހާރު ވެސް ޖައްސަމުންދާއިރު, ފްލައިޓުން ޖާގަ ހޯދުމަކީ އުނދަގޫ ކަމެކެވެ. މޭޔަރު ވިދާޅުވި ގޮތުގައި ކުރިން ޖާގައިގެ ދަތިކަން ކުރިމަތިވަނީ, ޗުއްޓީ ދުވަސްތަކާ ދިމާކޮށެވެ. ނަމަވެސް މިހާރު ކޮންމެ އިރަކަށް ބެލިއަސް ފްލައިޓުން ޖާގަ ހޯދުން ފަސޭހަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގޭ ތެލަށް އަންނަ ބަދަލާ އެކު އަގުތައް މައްޗަށް ދާކަން. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ [ގޮތުގައި] ޑޮމެސްޓިކް ފްލައިޓުތަކުގައި އާންމު މީހަކަށް ދަތުރުކުރުމަށް ބުރައަކަށް ވާވަރަށް އަގު ބޮޑުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް," ޖާގައިގެ ދަތިކަމާ އެކު ފްލައިޓު ޓިކެޓުގެ އަގު ބޮޑުވުމަކީ ވެސް ކަންބޮޑުވުމެއްކަން ފަހަގަކުރައްވަމުން މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލައް އެއާޕޯޓުގައި މިހާރު އޮންނަނީ 1.2 ކިލޯމީޓަރުގެ ރަންވޭ އެކެވެ. ނަމަވެސް މިފަހުން ރާއްޖޭގެ އެއާލައިންތަކުން ގެނައި ފްލައިޓްތައް ޖައްސަން މަދުވެގެން 1.5 ކިލޯ މީޓަރުގެ ދިގު ރަންވޭއެއް ބޭނުންވެ އެވެ. އެހެންކަމުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮަޕަރޭޓްކުރާ މޯލްޑިވިއަންއަށް ވެސް ފުލް ކެޕޭސިޓީގައި ފުވައްމުލަކުގައި ނުޖެއްސެ އެވެ.

ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ޖެހިފައި އޮތްއިރު, މިދިޔަ މާޗް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ, އެއާޕޯޓު ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް ބޭނުންވާ ޓެކްނިކަލް ސާވޭ މިހާރު ވަނީ ކޮށް ނިންމާލާފަ އެވެ.

މޭޔަރު ވިދާޅުވީ, ސާވޭކޮށްފައިވީ ނަމަވެސް ރަންވޭ ބޮޑު ކުރަނީ ކޮން ގޮތަކަށްތޯ ނިމިފައި ނުވާ ކަމަށެވެ. އަދި މިހާރު ފުވައްމުކުގައި ޖައްސާ ޑެޝް މަރުކާގެ ބޯޓުތައް ފޭސް އައުޓްވުމުގެ ކުރިން ރަންވޭގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން ވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް މިއީ. މިހާރު އޮތީ 1.2 ކިލޯމީޓަރުގެ ރަންވޭއެއް. މަދުވެގެން 1.5 ކިލޯމީޓަރަށް އެކްސްޓެންޑްކޮށްގެން ފަހުގެ ބޯޓުތައް ޖެއްސޭނީ," މޭޔަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަންވޭ ބޮޑު ނުކުރެވޭ ނަމަ ދަތުރުފަތުރު ކުރުމުގައި ރަށުގެ ރައްޔިތުންނާއި, ރަށަށް އަންނަ ފަތުުރުވެރިންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި މިހާރު ޝެޑިއުލް ފްލައިޓުތަކުން ޖާގަ ނުލިބުމުގެ ސަބަބުން އެ އުނދަގޫތައް މިހާރު ވެސް އަންނަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox