ރޯދައާ ދިމާކޮށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި

އެސްޓީއޯ ސުޕާމާޓު: އެ ކުންފުނިން ވަނީ  ރޯދައަށް ފިޔާ، އަލުވި، އަދި ބިހުގެ އަގުތައް އިތުރަށް ހެޔޮކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެސްޓީއޯ ސުޕާމާޓު: އެ ކުންފުނިން ވަނީ ރޯދައަށް ފިޔާ، އަލުވި، އަދި ބިހުގެ އަގުތައް އިތުރަށް ހެޔޮކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ފެށޭ މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި އެވެ.

އެ ކުންފުނިން މިއަދު ރޯދައަށް ހާއްސަ އަގުތައް ހިއްސާކޮށްފައިވާއިރު މިހާރު ދެން އަލުވި ކިލޯއެއް ލިބޭނީ 11ރ. އަށެވެ. އަލުވި ބަސްދާއެއް ލިބޭ އަގު ވަނީ 240ރ. ކުޑަކޮށްފަ އެވެ. މިދިޔަ އަހަރު ރޯދަ މަހު އަލުވި ބަސްތާއެއްގެ އަގު އުޅުނީ 300ރ. އަށެވެ.

ފިޔާ ކިލޯއެއްގެ އަގު 9ރ. ހުރި އިރު، ދެން ފިޔާ ބަސްތާއެއް ލިބޭނީ 160ރ. އަށެވެ. މިދިޔަ އަހަރު ރޯދައަށް ފިޔާ ބަސްތާއެއްވެސް ލިބުނީ 300ރ. އަށެވެ.

އެސްޓީއޯއިން މިއަދު ހިއްސާކުރި އަގުތަކަށް ބަލާއިރު ރޯދަމަހަށް ބިހެއް ލިބޭނީ 1.75ރ. އަށެވެ. ބިސް ކޭހެއްގެ އަގު ވަނީ މިދިޔަ އަހަރު ހުރި 300ރ. ގެ ބަދަލުގައި 280ރ. އަށް ވެއްޓިފަ އެވެ.

މި މަހު ފުރަތަމަ ދުވަހު އެސްޓީއޯއިން ބުނީ ރޯދަމަހު ހުސްވުމެއްނެތި މި ތިން ބާވަތް އެ ކުންފުނީގެ ފިހާރަތަކުން ލިބޭނެ ކަމަށެވެ. އެގޮތުން ރޯދައަށް ހާއްސަކޮށް ހަ ޝިޕްމަންޓެއް ގެނައުމަށް އެ ކުންފުނިން އޮތީ ނިންމައިފަ އެވެ.

އެސްޓީއޯއިން އިތުރަށް ބުނީ އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވާނެ ކަަމަށެވެ. އަދި، އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox