އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމުގެ ޔަގީންކަން އިދިކޮޅުން ދީފި

ކުރީގެ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީގެ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ލީޑުކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވީ، މި ދެތިން ދުވަހު ޕީޕީއެމްއާ ބެހޭގޮތުން އެކި ނޫސްތަކުން ފަލަ ސުރުހީތަކުގައި އެކި ވާހަކަދައްކަމުން ގެންދާ ކަމަށާއި އެއާ ގުޅިގެން ރަށްރަށުގައި ތިބި އަދި މާލޭގައި ތިބި އިދިކޮޅު ސަޕޯޓަރުންގެ ހިތްތަކުގައި އެކި ސުވާލުތައް އުފެދެމުންދާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އަދި، މި ދަނޑިވަޅުގައި އިދިކޮޅުގެ ހުރިހާ ސަޕޯޓަރުންވެސް، ޕީޕީއެމް އިން ދެން ވެރިކަމަށް އަންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކީގައި ކަމަށް ހިތްތަކުގައި ކަށަވަރުކަން ބޭއްވުމަށް އަބްދުއްރަހީމް އިލްތިމާސްކުރެއްވި އެވެ.

"ޕީޕީއެމް ރިޔާސީ އިންތިހާބުގާ ވާދަނުކުރާނެއޭ ވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނީ ތި ހުވަފެން ދުށުން ހުއްޓަވާލައްވާށޭ.. ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް ނާރާނެ އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަކަށް، ޕީޕީއެމް ނާރާނެ އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަކަށް."

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޕީޕީއެމް އެނބުރި އަންނާނީ، ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކީގައި ކަމަށެވެ.

އަބްދުއްރަހީމްގެ މި ރައްދުތައް އަމާޒުކުރައްވާފައި މިވަނީ އަންގާރަ ދުވަހުގެ ރޭ ޖުމްހުރީ ޕާޓީއިން އަންނަ ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރާ ވަކިން، އެ ޕާޓީން އިސްވެ ހަދާ ކޯލިޝަނަކާއެކު ވާދަކުރުމަށް ނިންމުމާއެކު ފެތުރިފައިވާ އެކި އަޑުތަކަށެވެ. ޔާމީން މިނިވަން ނުވެ، ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި އިދިކޮޅުން ޖޭޕީއާއެކު ގުޅުމުގެ ފުރުސަތު ބޮޑުކަމަށް ދަނީ ބުނަމުންނެވެ.

އެގޮތުން އިދިކޮޅަށް ފުރަތަމަ ބުރު ގެއްލިއްޖެ ހާލަތެއްގައި ޖޭޕީއަކީ 'ޗޮއިސް' އެއް ކަމަށް އަބްދުއްރަހީމް ލީޑުކުރައްވާ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވެސް ވަނީ އެއްބަސްވެފަ އެވެ.

"ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި ވާހަކައެއް އޮންނާނެ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނޭ، އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދި، ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު ބަދަލުވަމުން މިދާ ގޮތުން ޔާމީން މިނިވަން ވުމުގެ މަގު ފަހިވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް މިހާރު އެމަނިކުފާނުގެ މިދިޔަ މަހު ވަކީލުން ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް އެ އިސްތިއުނާފު އިސްލާހުކުރުމަށް ހައި ކޯޓުން ވަނީ އެދިފަ އެވެ. މިހާތަނަށް އިސްލާހުކޮށްފައިވާ އިސްތިއުނާފީ މައްސަލަ ޔާމީނުގެ ވަކީލުން ހައި ކޯޓަށް ހުށަހަޅާފައި ނުވާއިރު މީގެ ކުރިން ޔާމީންގެ ވަކީލުން ބުނަމުން ދިޔައީ މި ހިނގާ މާޗު މަހުގެ ތެރޭގައި ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox