ޓޭލާސް ޔުނިވާސިޓީގެ "މޯލްޑިވްސް ޗެޕްޓާ" ތައާރަފުކޮށްފި

ޓޭލާސް ޔުނިވާސިޓީން "މޯލްޑިވްސް ޗެޕްޓާ" އެއް ތައާރަފްކުރީ އެ ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް ތައާރަފު ކުރުމާ ގުޅިގެން --- ފޮޓޯ: ވިލާ ކޮލެޖު

ޓޭލާސް ޔުނިވާސިޓީން "މޯލްޑިވްސް ޗެޕްޓާ" އެއް ތައާރަފްކުރީ އެ ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް ތައާރަފު ކުރުމާ ގުޅިގެން --- ފޮޓޯ: ވިލާ ކޮލެޖު

މެލޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީ، ޓޭލާސް ޔުނިވާސިޓީ އަލުމްނައި އިން ރާއްޖެއަށް ހާއްސަ ޗެޕްޓާއެއް ތައާރަފްކޮށްފި އެވެ.

ޓޭލާސް ޔުނިވާސިޓީން "މޯލްޑިވްސް ޗެޕްޓާ" އެއް ތައާރަފްކުރީ އެ ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް ތައާރަފު ކުރުމާ ގުޅިގެންނެވެ.

ވިލާ ކޮލެޖުގައި މިދިޔަ އަހަރުގެ ފަހުކޮޅު ތައާރަފްކުރީ އެ ޔުނިވާސިޓީގެ ބެޗެލާ އޮފް ކަލިނަރީ މެނޭޖުމަންޓާއި, ބެޗެލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓާއި, ބެޗެލާ އޮފް މާސް ކޮމިއުނިކޭޝަންސާއި މާސްޓާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓު އަދި މާސްޓާސް އޮފް ކޮމިއުނިކޭޝަންސް ޕްރޮގްރާމެވެ.

ޓޭލާސް އަލުމްނައި "މޯލްޑިވްސް ޗެޕްޓާ" ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ އިސް ވެރިންނާއި ޓޭލާސް ޔުނިވާސިޓީގެ އިސްވެރިން އަދި ދާއިރާއާ ގުޅުން ހުރި ގިނަ ބަޔަކު ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވަނީ ހާއްސަ ކީނޯޓް ސްޕީޗެއް ދެއްވާފަ އެވެ.

ރާއްޖޭގައި ތިއްބަވާ ޓޭލާސް ޔުނިވާސިޓީގެ އިސް ދަރިވަރުންގެ ޕްރޮފެޝަނަލް ކާމިޔާބީ އާއި މުޖުތަމަ އުއާ ޔުނިވާސިޓީއަށް ދީފައިވާ އެއްބާރުލުން ފާހަގަކޮށް އެ ރަސްމިއްޔާތުގައި ދެ އެވޯޑެއް ވަނީ ދީފަ އެވެ. އޭގެ ތެރެއިން އައުޓްސްޓޭންޑިން ޑިސްޓިންގުއިޝް އެލުމްނައި އެވޯޑު ދީފައި ވަނީ ގައިސަރު ނަސީމް އާއި މުހައްމަދު ފްރާތު އަށެވެ.

ޔަންގް ޑިސްޓިންގުއިޝް އަލުމްނައި އެވޯޑު ދީފައި ވަނީ ހުސެއިން އަހުސަން އާއި އައިމިނަތު އިޝްރާތު އާއި ޝުޖާއު މުހައްމަދަށެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެެއިން. އެ ޔުނިވާސިޓީގެ އިސް ދަރިވަރުންތަކެއް ވެސް ބައިވެރިވި --- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުން ޓޭލާސް ޔުނިވާސިޓީއާ އެކުވެފައިވާ ޕާޓްނާޝިޕުގެ ދަށުން ރާއްޖެއާ ގުޅުން ހުރި އެކި ދާއިރާތަކުގެ އިތުރު ކޯސްތައް ތައާރަފް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެ ކޮލެޖުގެ އަމާޒަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޔުނިވަސިޓީތަކުގެ ސެޓްފިކެޓު ރާއްޖޭގައި ހުރެގެން ހޯދޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށް އެ ކޮލެޖުން މައުލޫމާތުދެއެެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox