ނާސިން ސްކޮލާޝިޕުގެ 3 ފުރުސަތު އޭޑީކޭއިން ހެލްތު މިނިސްޓަރީއަށް ދީފި

ޝާފިޔާ އިންސްޓިޓިއުޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އޭޑީކޭ

ޝާފިޔާ އިންސްޓިޓިއުޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އޭޑީކޭ

އޭޑީކޭގެ ދަށުން ހިންގާ ޝާފިޔާ އިންސްޓިޓިއުޓުން ފެށުމަށް ތައްޔާރުވެފައިވާ ނަރުހުން ތަމްރީނު ކުރުމުގެ ކޯހުން ދޭ ސްކޮލާޝިޕުގެ ތިން ފުރުސަތު ހެލްތު މިނިސްރީއަށް ދީފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހުންނަ ޝާފިޔާ އިންސްޓިޓިއުޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޮލާޝިޕުތައް މިނިސްޓަރީއަށް އެރުވީ ޝާފިޔާ އިންސްޓިޓިއުޓުގެ ޑިރެކްޓަރު ޑރ. ޒިޔާން އެވެ. މިނިސްޓަރީގެ ފަރާތުން ހަވާލުވެލެއްވީ އެ މިނިސްޓަރީގެ ޕާމަނަންޓު ސެކެޓްރީ، އާއިޝަތު ސާމިޔާ އެވެ.

އެ ސްކޮލާޝިޕަކީ ސިއްހީ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް އޭޑިކޭއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފެށުމަށް ހަމަޖެހިފައިވާ އެޑްވާންސްޑް ޑިޕްލޮމާ އިން ނާސިން ކޯހުގެ ތެރެއިން ދޭ ސްކޮލާޝިޕުތަކެކެވެ. އެ ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޖުމުލަ އަށް ދަރިވަރަކަށް ސްކޮލާޝިޕުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ޝާފިޔާ އިންސްޓިޓިއުޓުން ދޭ ފަސް ފުރުސަތާއި މިއަދު ހެލްތު މިނިސްޓަރީއަށް އެރުވި ތިން ފުރުސަތެވެ.

ކޯހުގައި ބައިވެރިވުމަށް ފުރަންޖެހޭ އެޕްލިކޭޝަން ފޯމު، އޭޑީކޭގެ ވެބްސައިޓުގައްޔާއި އެ ހޮސްޕިޓަލުގެ އެޑްމިން އޮފީހުން ލިބެން ހުންނާނެ އެވެ. ފޯމު ފުރަހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު މެއިލް ކުރާނީ sih@adkhospital.com އަށެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް

  • ޖީސީއީ އޯލެވެލްގެ ތިން މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާ އެކު އޭލެވެލް ދެ މާއްދާއިން ފާސްވެފައިވުން
  • ނުވަތަ މޯލްޑިވްސް ނާސިން ކައުންސިލުން ގަބޫލުކުރާ ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލުކޮށްފައި ވުމާ އެކު ޖީސީއޯލެވެލްގެ އިނގިރޭސި މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން ނުވަތަ އެ ފެންވަރުގެ އެހެން ސެޓިފިކެޓެއް އިނގިރޭސި މާއްދާއިން ހޯދައިފައިވުން

މިމަހުގެ ނިޔަލަށް ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ އެ ކޯހުގައި ސްކޮލާޝިޕުގެދަށުން ކިޔެވުމުގެ ފުރުސަތު ލިބޭނީ ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ކުދިންނަށެވެ. ސްކޮލާޝިޕު ލިބޭ ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމުން އޭޑީކޭއިން ވަޒީފާގެ ފުރުސަތު ކަށަވަރު ވާނެ އެވެ.

މިއީ ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލަކުން މިފަދަ ކޯހެއް ހިންގާ ފުރަތަމަ ފަހަރެވެ. އެ ކޯހުގެ ފުރަތަމަ އިންޓޭކަށް 15 ކުދިންނާއި 20 ކުދިންނާ ދެމެދުގެ އަދަދަކަށް ކުދިން ނަގާނެ އެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ކޯހުގެ އަގަކީ 96،500ރ. (ނުވަދިހަ ހަހާސް ފައްސަތޭކަ ރުފިޔާ) އެވެ. އެއީ މަހެއްގެ މައްޗަށް 2680ރ. (ދެހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) އެވެ. ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އޭޑީކޭއިން ވަނީ މަހުން މަހަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.

އޭޑީކޭގައި ގާއިމުކޮށްފައިވާ ޝާފިޔާ އިންސްޓިޓިއުޓުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުރެ އެވެ. އެތަނުގައި ތިން ކިލާހާއި ދެ ހޯލުގެ އިތުރުން ސްކިލް ލެބަކާއި ސިމިއުލޭޝަން ލެބެއް ހުރެ އެވެ. އޭގެއިތުރުން އެތަނުގައި ސިއްހީ އެކި ކަންކަމާ ގުޅޭ ފޮތްތައް ހުންނަ ޑިޖިޓަލް ކުތުބުޚާނާއެއް ވެސް ހުރެ އެވެ.

އޭޑީކޭއިން ބުނީ ނަރުހުން ތަމްރީނު ކުރުމުގެ ކޯހެއް ޝާފިޔާ އިންސްޓިޓިއުޓުން ކުރިއަށް ގެންދިއުމަށް ނިންމީ އެ ދާއިރާއަށް ޝައުގުވެރިވާ ދިވެހިންނަށް އެ ފުރުސަތު ފަހި ކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

އަދި މި ކޯހުގެ ސަބަބުން ނާސިންގެ ދާއިރާގައި ދިވެހި ނަރުހުންގެ ނިސްބަތް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޝާފިޔާ އިންސްޓިޓިއުޓުން މިހާރުވެސް އިމާޖެންސީ މެޑިކަލް ޓެކްނީޝަނުން ތަމްރީނު ކުރުމުގެ ކޯހަކާއި ފަސްޓު އެއިޑު އަދި އެޑްވާންސް ލައިފް ސަޕޯޓު ފަދަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު ޕުރޮގުރާމުތައް ހިންގަމުންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

ޗައިތަންޔާގެ ލޮލުގެ ދެ ޑޮކްޓަރަކު އައިކެއަރގައި

އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ދެ ކޮންސަލްޓަންޓުން، އޮކްޓޯބަރު 11 އިން 15 އަށް ރާއްޖޭގެ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަންގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ކީނޯޓް ސްޕީކަރަކަށް ބައިނަލްއަޤްވާމީ ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ވަނީ ހަމަޖައްސާފައެވެ. އަންނަ އޮކްޓޫބަރު 15 ގައި ބާއްވާ މި ސިމްޕޯސިއަމްގައި، ޑިޖިޓަލް ޒަމާނުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އީޖާދީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން އޭނާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރާނެއެވެ.

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

Newsletter

Get the latest news delivered straight to your inbox