ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު ހުށަހެޅުން އޮންލައިންކޮށް، ފޯމު ރައްކާކުރުމުގެ ޒިންމާ ޕާޓީތަކަށް

މި އަހަރުގެ ރިޔާސީ އިންތިހާބާ ބެހޭގޮތުން އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަދަދު ފައިލް

މި އަހަރުގެ ރިޔާސީ އިންތިހާބާ ބެހޭގޮތުން އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަދަދު ފައިލް

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު ހުށަހެޅުން އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކުރެވޭނެ ގޮތް ހަމަޖައްސައި ކަރުދާސް ފޯމުތައް ރައްކާކުރުމުގެ ޒިންމާ ޕާޓީތަކަށް މަތިކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އަލަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ ދެން ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އެކަމަށް ހާއްސަ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ހުށަނޭޅޭ ހާލަތެއްގައި ކުރިއެކޭ އެއްގޮތައް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހެޅޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މީގެއިތުރުން މިހާރު އީސީ އިން ރައްކާކުރާ ކަރުދާސް ފޯމުތައް ރައްކާކުރުމުގެ ޒިންމާ ދެން ނަގަންޖެހޭނީ ސިޔާސީ ޕާޓީތަކުން ކަމަށާއި، ފޯމެއް ހުށަހަޅާ ތާރީހުން ފެށިގެން 10 އަހަރު ވަންދެން އެ ފޯމު ރައްކާކުރަން ވާނެ ކަމަށްވެސް މިއަދު ގެޒެޓު ކުރި އިސްލާހުގައި ބުނެފައިވެ އެވެ.

އޮންލައިންކޮށް ފޯމު ހުށަހެޅޭ ގޮތަށް ބަަދަލު ކުރި ނަމަވެސް އީސީއިން ކަނޑައާޅާފައިވާ ހުރިހާ މައުލޫމާތެއް ފޯމުގައި ހުންނަންވާނެ ކަމަށާއި ވަކިން ހާއްސަކޮށް އިނގިލީގެ ނިޝާން އީސީއިން ގަބޫލުކުރެވޭ ފެންވަރަކަށް ފެންނަން ހުންނަންވާނެ ކަމަށްވެސް އިސްލާހުގައި ފާހަގަކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފޯމު ހުށަހަޅާގޮތަށް ބަދަލު ގެނައި ނަމަވެސް، ޕާޓީތަކުން ފޯމު ފުރުމުގައި ކުރަންޖެހޭ މަސައްކަތަށާއި ހުށަހަޅަންޖެހޭ މައުލޫމާތަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ފޯމުތައް ރައްކާކުރުން ސިޔާސީ ޕާޓީތަކަށް ހަވާލުކުރުމާ ބެހޭގޮތުން ހަބީބު ވިދާޅުވީ އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ޖާގައިގެ ދަތިކަން ކަމަށެވެ.

"ޖާގައިގެ ދަތިކަން އެބަހުރި ކޮމިޝަނުގައި (ފޯމުތައް ރައްކާކުރުމަށް)، ގިނަ ރޫމްތައް ފުރިފަ ހުރީ ސިޔާސީ ޕާޓީތަކުގެ ފޯމުތަކުން،" ހަބީބު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox