ދަރުމަވަންތަ އިމާރާތުގެ ފެނުގެ ސިސްޓަމަށް ޖެހުނު މައްސަލަ ހައްލުކޮށް އައިޖީއެމްއެޗުގެ ލެބޯޓަރީން ދޭ ހިދުމަތްތައް އަލުން ފަށައިފި އެވެ.
އެ ހޮސްޕިޓަލުގެ ލެބޯޓަރީއިން ދޭ ހިދުމަތްތައް ހުއްޓުނުކަން ހާމަކުރީ މިއަދު ހެދުނު އެވެ.
މައްސަލަ ހައްލުކުުރުމަށްފަހު ހޮސްޕިޓަލުން ބުނީ ލެބޯޓަރީ ހުންނަ ދަރުމަވަންތަ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެނުގެ ނިޒާމަށް ޖެހުން މައްސަލަ ހައްލުވުމާއެކު މިހާރު ކުރިއެކޭވެސް އެއްފަދައިން ހިދުމަތް ލިބޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ، ލެބޯޓަރީން ޓެސްޓުތައް ހެދުން މެދުކެނޑުނު ނަމަވެސް، އެމަޖެންސީ ހާލަތެއްގައި ޓެސްޓު ހެދުމުގެ ގާބިލުކަން އައިޖީއެމްއެޗުގައި ހުރިތޯ ސުވާލުކުރުމުން އެ އޮފިޝަލް ވިދާޅުވީ، މިވަގުތު އެޑްމިޓްކޮށްފައިވާ ފަރާތްތަކުގެ ޓެސްޓުތައް ހުޅުމާލެއަށް ފޮނުވައިގެން ހަދަން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ފެންވަރުގެ ހޮސްޕިޓަލުތައް ގާއިމުކުރެވިފައި ހުރި ނަމަވެސް، އަދިވެސް ރާއްޖޭގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލަކީ އައިޖީއެމްއެޗެވެ.














