ޖޭޕީ ކޮންގްރެސްގެ ގަރާރަށް ބަަހުސްކުރަން ވޯޓު ގުނުން މެދުކަނޑާލައިފި

ޖޭޕީގެ ކޮންގްރެސްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އަދަދު

ޖޭޕީގެ ކޮންގްރެސްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކު ވާދަކުރުމާމެދު ގޮތެއް ނިންމުމަށް މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރުމަށް، އިސްމަގާމުތަކަށް މީހުން ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިހާަބުގެ ވޯޓުގުނުން މެދުކަނޑާލައިފި އެވެ.

މީގެ ކުރިން ތާވަލުކުރެވިފައި އޮތް ގޮތުން މިރޭ 20:45ގައި ބޭއްވުމަށް ހަމަޖެހިފައި އޮތީ ކޮންގްރެސް ނިންމާ ޖަލްސާ އެވެ. ނަމަވެސް ރޭ ބާއްވަން އޮތް އިންތިހާބު ފަަސްވެ އެޖެންްޑާއަށް ބޮޑު ބަދަލެއް ވަނީ އައިސްފަ އެވެ. މިހާރު ނިންމާފައި ވަނީ ވޯޓު ގުނުންް މެދުކަނޑާލުމަށް ފަހު 21:30 ގައި ގަރާރަށް ބަހުސްްކުރަން ފެށުމަށެވެ.

އެ ޕާޓީން ރިޔާސީ އިންތިހާބުގައި ކުރިއަށްްދާނެ ގޮތެއް ނިންމުމާއި، އެކަމާ ގުޅިގެން ކައުންސިލުގައި ހިމެނޭ މެންބަރުންގެ ބަހުސްކުރުމަށް ވަނީ ނިންމާފަ އެވެ.

ފުރަތަމަ އެޖެންޑާގައި އޮތް ގޮތުން މަގާާމުތަކަށް މީހުން އިންތިހާބުކުރުމަށް ނަގާ ވޯޓު ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތީ ރޭގަ އެވެ. އެހެން ނަމަވެސް ކޮންގްރެސްގެ ބައިވެރިންގެ ގިނަ ކަންބޮޑުވުންތަކަކާާ އެކު އެކަންކަން އިސްލާހުކޮށް މިއަދު ވޯޓުލުން ކުރިއަށް ގެންްދިއުމަށް ނިންމި އެވެ.

ވޯޓުލުން ފަސްކުރި އެއް ސަބަބަކީ އެއިންތިހާބަކީ ގިނަ ބަޔަކު ވާދަކުރާ އިންތިހާބެއް ނަމަވެސް ވޯޓު ކަރުދާހުގައި ކެނޑިޑޭޓުންގެ ފޮޓޯ ޖަހާފައި ނެތުމެވެ. އަދި ޕާޓީގެ ލީޑާޝިޕުގައި ކުރީގެ ޕީޕީއެމްގެ ލީޑާޝިޕުގެ ބައެއް މެންބަރުން ހިމެނުމަކީ ވެސް ކޮންގްރެސްގެ ގިނަ ބައިވެރިންގެ ކަަންބޮޑުވުމެކެވެ. މި ޝަކުވާތަކާ ގުޅިގެން އެ ޕާޓީން ނިންމީ ވޯޓުލުމުގެ ކަންކަން މިއަދު ހެނދުނު ދަންފަޅީގައި ކުރިއަށް ގެންދިއުމަށެވެ.

ވޯޓުލުން ނިންމާ ނަތީޖާ އިއުލާނުކުރުން މިއަދު 15:00 އާ ހަމައަށް ތާވަލުކުރެވިފައި އޮތް ނަމަވެސް އެކި ސަބަަބުތަކާާ ހުރެ ވޯޓުލުންް މިއަދު ހަވީރު 16:30އާާ ހަަމައަށް ދެމިގެން ދިޔަ އެވެ.

ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރުން ކުރިއަށް ގެންދިއުމަށް އެޖެންޑާކުރެވުނެވެ.

އިންތިހާބުކުރާ މަގާމުތަކަކީ:

  1. 5 ނައިބު ލީޑަރުން
  2. 25 ކައުންސިލް މެންބަަރުން
  3. ޒުވާނުންގެ ލީގުގެ ސެކްރެޓަރީ
  4. ޒުވާނުންގެ ލީގްގެ 2 މެމްބަރުން
  5. އަންހެނުންގެ ލީގްގެ ރައީސް
  6. އަންހެނުންގެ ލީގްގެ ނައިބު ރައީސް
  7. އަންހެނުންގެ ލީގްގެ ދެ މެމްބަރުން

ވޯޓުލުން ކުރިއަށް ގެންދިޔަ އެންމެ އިސް މަގާމުކަމަަށްވާ ނައިބު ލީޑަރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގަައި ޓްރާާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ އާާއި އިމިގްރޭޝަން ކޮންްޓްރޯލަރ މުހަައްމަދު އަހުމަދު (ހަނަފީ) އާއި ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށްވެސް އިންތިހާބުގައި ވާާދަކުރުމަށް ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ވާދަކޮށްފައި ނުވާތީ އެމަގާާމު ލިބިވަޑައިގަތީ މިހާރުވެސް ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާަސިމް އިބްްރާހިމްއަށެވެ.

ގާސިމްގެ އިތުރުން، އެންމެ މީހަކު ކުރިމަތިލައިގެން އޮޓެމެޓިކުން ޖޭޕީގެ އިސް މަގާމަށް އިންތިހާބުވި ބޭފުޅުންނަކީ ޒުވާނުންގެ ލީގުގެ ރައީސް ކަމަށް އަބްދުﷲ ޔާމީން، ޒުވާނުންގެ ލީގުގެ ނައިބު ރައީސް ކަމަށް ޝުއައިބު ޝިފާޒު ޝަރީފް އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް އައިޝަތު ޝޫޒާ އަހުމަދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox