ޖޭޕީން ރިޔާސީ އިންތިހާބަށް ވަކިން ނުކުތުމަށް ލަފާދޭ ގަރާރެއް ކޮންގްރެސްއަށް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް؛ ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކީން ވާދަކުރުމަށް ލަފާ ދޭ ގަރާރެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް؛ ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކީން ވާދަކުރުމަށް ލަފާ ދޭ ގަރާރެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއް ވާދަކުރުމަށް ލަފާދޭން ގަރާރެއް ކޮންގްރެސްއަށް ހުށަހަޅައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހަފުތާ ބަންދުގަ އެވެ. އެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތާއި ޕާޓީގެ އެކި ގުނަންތަކަށާއި މަގާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނެ އެވެ.

މާދަމާ ފަށާ ކޮންގްރެސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހުށަހަޅާފައިވާ އެ ގަރާރާމެދު މަޝްވަރާކޮށް ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށެވެ.

ގާސިމް ޗެއާާކުރައްވާ މި ގަރާރުގެ ބަހުސާ މެދު ގޮތެއް ނިންމުން ތާވަލް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހަށެވެ.

މިކަމާ ގުޅިގެން "އަދަދު"އިން އިލްހާމް އާ ސުވާލު ކުރުމުން ވިދާޅުވީ މި ގަރާރަކީ ހަމައެކަނި ކައުންސިލަށް ދޭ ލަފައެއް ކަމަށެވެ. އަދި ގޮތް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ވިދާޅުވި އެވެ.

"ކޮންގްރެސްގައި މި ނިންމާނީ ރިކޮމެންޑޭޝަނެއްގެ ގޮތުގައި މި ކަން ޕާޓީގެ ކައުންސިލަށް ހުށަހަޅަން ނުވަތަ ނާޅަން، ގޮތް ނިންމުން އޮންނާނީ ކައުންސިލުން އޭގެ ފަހުގައި،" އިލްހާމް ވިދާޅުވި އެވެ.

މި ގަރާރު ކޮންގްރެސް އިން ފާސްކުރި ނަމަވެސް, އެއަށް އަމަލު ކުރުން ކައުންސިލުން ފާސްނުކުރާހާ ހިނދަކު ޕާޓީގެ މައްޗަށް ގަރާރު ލާޒިމެއް ނުވާނެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ސޯލިހުގެ ފަޅިން ވަނީ ބުނެފަ އެވެ.

އަދި އެކަމުގެ މަޝްވަރާއަށް ރައީސް ސޯލިހުގެ ވަފްދެއް ވަނީ ގާސިމާ މި ހަފްތާގެ ތެރޭގައި ބައްދަލުކުރައްވައިފަ އެވެ.

ނަމަވެސް ކޯލިޝަން ހެދުމާ މެދު މިހާތަނަށް ޕާޓީއިން އެއްވެސް ގޮތެއް ނިންމާފައިނުވެ އެވެ. އެ ނިންމުން ނިންމާނީ ކޮންގްރެސްއަށް ފަހު ޕާޓީގެ ކައުންސިލުން ކަމަށް ބެލެވެ އެވެ.

ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ. ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ވެސް ތިބީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު ނިންމާ ގޮތެއްގެ އިންތިޒާރުގަ އެވެ.

އިލެކްޝަންސްގެ ދަފުތަރުގައިވާ ގޮތުން ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިދިޔަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި 17913 (ސަތާރަހާސް ނުވަސަތޭކަ ތޭރަ) މެންބަރުން ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox