ތާރުގަނޑު ކަނޑާ މައްސަލައަށް އަސްލަމްގެ ރައްދު؛ "އެއީ އެކަން ކުރާ ގޮތް"

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ؛ ތާރު އެޅުމަށް ފަހު ބައެއް ސަރަހައްދުތަކުން ތާރު ވަނީ ކަނޑާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ؛ ތާރު އެޅުމަށް ފަހު ބައެއް ސަރަހައްދުތަކުން ތާރު ވަނީ ކަނޑާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަމީނީ މަގުގައި ތާރު އެޅުމަށް ފަހު، ބައެއް ހިސާބުތަކުން ތާރު ކަނޑު ކަފައިގެން ނަގާފައިވާތީ ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްދު ދެއްވައިފި އެވެ.

ޕްލޭނިން މިނިސްޓްރީން 84 މިލިއަން ރުފިޔާއަށް ރޯޑް ޑިވޮލްޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގައި އެ މަގުގެ ތާރު އަޅާފައިވަނީ އެމްޓީސީސީންނެވެ. ފުރަތަމަ ތިން ސެގްމެންޓުގެ ތާރު މިދިޔަ ހަފްތާގައި އަޅާފައިވާއިރު، އޭގެ ފަހުން ބައެއް ހިސާބުތަކުން ތާރުގަނޑު ވަނީ ކަނޑައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީނީ މަގާ ގުޅޭ ސުވާލެއް ކުރުމަށް އަސްލަމް ހާޒިރުކޮށްފައިވާއިރު، އެ ވާހަކަ ފުރަތަމަ ފާހަގަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

"ތާރު އެޅުމަށް ފަހު އަނެއްކާ މައިން ހޯލްތައް، ކާނުތައް މަތީން ތާރު އަޅާފައިވާތީވެ އެބަ ކޮނެ ކަނޑައިގެން އެބަ ނަގާ،" އިތުރު ސުވާލަށް ފުރުސަތު ހުޅުވާލުމުގެ ކުރިން ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ އެކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ. އޭނާ ސުވާލު ކުރެއްވީ ތާރު އެޅުމަށް ފަހު އެ ކަނޑައިގެން އަލުން މަސައްކަތް ކުރަން ޖެހެނީ ކޮން ގޮތަކަށް ޕްލޭން ކުރެވިގެންތޯ އާއި އެއަށް ވުރެ ދެމެހެެއްޓެނިވި ގޮތެއް އެކަމުގައި ނެތްތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެހެން ވަނީ ހުރިހާ ނިޒާމެއް ގާއިމް ވެފައި ނެތުމުން ކަމަށާއި ހުރިހާ ކަމެއް އޮތް ނަމަ ރާއްޖެ ވާނީ ތަރައްގީވެފައި އޮތް ގައުމަކަށް ކަމަށެވެ.

"އަޅުގަނޑަކަށް ނުދެންނެވޭނެ ހުރިހާ މައްސަލައެއް ހައްލު ވެގެންނޭ މި މަސައްކަތް ނިމިފައި ހުންނާނީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ދެއްވި ޖަވާބާމެދު ހިތްހަމަނުޖެހިވަޑައިގެން ނަޝީދު ވަނީ ރާއްޖެއަކީ މެދު އާމްދަނީގެ ގައުމެއް ކަމަށާއި ތަރައްގީ ނުވާ ގައުމެއްގެ ގޮތުގައި ސިފަ ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އިއްޒަތްތެރި މެންބަރު އެ އެއްސެވި ސުވާލަކީ ހަމަ ތާރު އަޅާފައި އަނެއް ދުވަހު ކީއްވެތޯއޭ ތި ކަފާފައި ނަންގަވަނީ، ހަމަ އެ ވަރަށް ބައްލަވާ ނުލައްވަނީތޯއޭ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން އެހެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް ފަހު އަސްލަމް ވަރަށް ހިތްހަމަނުޖެހިވަޑައިގެން ނަޝީދަށް ރައްދު ދެއްވި އެވެ. އެގޮތުން އަމީނީ މަގުގައި ތާރު ކަނޑަނީ މިހާރު ހުރި ޖަންކްޝަންތަކުގެ މަތީގައި ހުރި ކޮންކްރީޓުތަކުގެ މަތި ކަމަށާއި ތާރުގަނޑު ދަނީ އޭގެ ވެސް މަތިން ކަމަށް ވާތީ ކަމަށެވެ.

"އެއީ މަސައްކަތް ކުރާ ގޮތް، އެއީ މަސައްކަތް ކުރާ ގޮތް، އޭގެ މަތިން ކަނޑާ ނަގާނީ، އެއީ ތުނިތުނިކޮށް ލޭޔަރަކަށް އެޅިފައި ހުންނަ ތާރު ކޮޅެއް، އެތަންކޮޅު ނަގާނީ، އެއީ މަގުގައި ތާރު އަޅާ ގޮތް،" ވަރަށް ހިތްހަމަނުޖެހިވަޑައިގެން އަސްލަމް ވިދާޅުވި އެވެ.

އަމީނި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެހެންކަމުން މެއި 28، 2023 އަށް އެ މުއްދަތު ހަމަވާނެ އެވެ. ނަމަވެސް އެ މުއްދަތަށް މަސައްކަތް ނުނިމޭނެ ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އަމީނީ މަގުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ބެލެވޭ ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox