ރައީސްގެ ސިޓީފުޅާ ގުޅިގެން އަދާލަތުގެ ކުއްލި ބައްދަލުވުމެއް

ރައީސްގެ ސިޓީފުޅާ ގުޅިގެން އަދާލަތުގެ ކުއްލި ބައްދަލުވުމެއް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިކުންނަވާއިރު އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުރުމަށް އެދި މިހާރު ވެސް ވެރިކަން ކުރާ ކޯލިޝަނުގެ ޕާޓީތަކަށް ފޮނުއްވި ސިޓީއާ ގުޅިގެން އަދާލަތު ޕާޓީން މިރޭ މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު، އަލީ ނަޒީރު ވިދާޅުވީ ރައީސް މުހިންމު ކަމަކަށް އެދިވަޑައިގަތުމުން އެކަމަށް ޕާޓީގެ ވިސްނުން ހުރި ގޮތް ބެލުން އަވަސްކުރަންޖެހޭ ކަމަށާއިި ކުއްލި ބައްދަލުވުމެއް ބާއްވަނީ އެހެންވެ ކަމަށެވެ.

"އެހެންވެ، މި ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ މި ބާއްވަނީ. ރައީސްގެ ސިޓީފުޅާމެދު ޕާޓީން ގޮތެއް ނިންމާނީ މަޝްވަރާ ކުރެއްވުމަށްފަހު،" އޭނާ ވިދާޅުވި އެވެ.

ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި އަދާލަތު ޕާޓީގެ އޮފީހުގަ އެވެ.

ކޯލިޝަނާއެކު ރިޔާސީ އިންތިހާބަށް ނިކުތުމަށް އެދި ރައީސް ސޯލިހު ސޮއި ކުރައްވައި ސިޓީފުޅު ފޮނުއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓަށެވެ.

ސިޓީފުޅުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީތަކާއެކު އިންތިހާބަށް ނިކުންނަވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

އެކަމުގައި ޕާޓީތަކާއެކު މަޝްވަރާ ކުރައްވަން ރައީސް ސޯލިހު އެ ސިޓީފުޅުގައި އެދިވަޑައިގެންފައިވެ އެވެ.

ސިޓީފުޅާ ގުޅިގެން އަދާލަތު ޕާޓީން މިރޭ މަޝްވަރާ ކުރައްވާއިރު، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމާނީ މި ހަފުތާ ބަންދުގައި އޮންނަ އެ ޕާޓީގެ ގައުމީ ކޮންގުރެސްގަ އެވެ. އެމްއާރުއެމްއިން އަދި ރިޔާސީ އިންތިހާބާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox