އިދިކޮޅު މުޒާހަރާތަކުގައި އަދަބާ ހިލާފު ކަންކަން ފާހަގަވޭ: އެޗްއާރުސީއެމް

އިދިކޮޅު ޕީޕީއެމުން ބޭއްވި ހިނގާލުމެއްގެ ތެރެއިން: މުޒާހަރަތާކުގެ ތެރެއިން އަދަބާ ހިލާފު ކަންކަން ފާހަގަވާ ކަމަށް އެޗްއާރުސީއެމުން ބުނެފި

އިދިކޮޅު ޕީޕީއެމުން ބޭއްވި ހިނގާލުމެއްގެ ތެރެއިން: މުޒާހަރަތާކުގެ ތެރެއިން އަދަބާ ހިލާފު ކަންކަން ފާހަގަވާ ކަމަށް އެޗްއާރުސީއެމުން ބުނެފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން، ހިޔާލުފާޅުކުރުމުގެ ހައްގުގެ އަދަބުތަކާ ހިލާފު ބައެއް ކަންކަން ފާހަގަ ކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

އެޗްއާރުސީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާލެ އާއި އަތޮޅުތެރޭގައި ޕީޕީއެމުން ކުރިއަށް ގެންގޮސްފައިވާ 49 ހަރަކާތެއް އެ ކޮމިޝަނުން މޮނިޓާކޮށްފައިވާނެ ކަމަށެވެ. އެ ހަރަކާތްތަކުގައި އެ ކޮމިޝަނަށް ފާހަގަ ކުރެވުނު މައްސަލަތަކާއި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ބަލަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

މަގުމަތީގެ އަދަބުތަކާ ހިލާފުވެ އާންމުންނަށް އުނދަގޫވާ ގޮތަށް ޓްރެފިކް ބްލޮކް ކުރުމާއި ބޭއަދަބީ ބަސްތަކާއި ޝިއާރުތައް ބޭނުން ކުރުމާއި ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ އަމަލުތަކާއި 18 އަހަރު ނުފުރޭ ކުޑަކުދިން ބޭނުން ކުރުން ފަދަ މައްސަލަތައް އެޗްއާރުސީއެމަށް ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން، އާންމު ރައްޔިތުންގެ ފަރާތުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖެހުމާއި ސައިކަލު ފަދަ އެއްގަމު އުޅަނދު ފަހަރު ދުއްވާފައި ގޮސް މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަންނަން އުޅުން ފަދަ ކަންކަން ވެސް ފާހަގަ ވެފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ބައެއް ހާލަތްތަކުގައި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރު ބޭނުން ކުރާ ކަމާއި ބައެއް ހާލަތްތަކުގައި މުޒާހަރާ ރޫޅާލުމުގެ ކުރިން އިންޒާރު ދީފައި ނުވާ ކަމަށާއި އިންޒާރު ދިނުމަކާ ނުލައި ޕެޕާސްޕްރޭ ޖަހާފައިވާ ކަން ވެސް އެޗްއާރުސީއެމަށް ފާހަގަކޮށްފައިވެ އެވެ.

ގާނޫނު އަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ދީފައިވާއިރު ހައްގުގެ ބޭނުން ކުރުމުގައި އެއް ބަޔަކު އަނެއް ބަޔެއްގެ ހައްގުތަކަށް އަރައިނުގަނެ ހައްގުތަކަށް އިހުތިރާމު ކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކުރެ އެވެ.

މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް ނޫސްވެރިކަމުގެ އާންމު އަހުލާގީ މިންގަނޑު ހިފެހެއްޓުމަށާއި އެ ސަރަހައްދު މޮނިޓާކުރާ ފުލުހުން ވެސް މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދާ އެއް ގޮތަށް އަމަލު ކުރުމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ޑިސެމްބަރު 25، ވަނަ ދުވަހު ހުކުމްކޮށްފަ އެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ހުކުމަށް ފަހު، އެމަނިކުފާނު އަދި ޕީޕީއެމްގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ. ކޮންމެ ރެއަކު ވެސް ފުލުހުންގެ އަމުރަށް ކިޔަމަންނުވި ކަމަށް ބުނެ މުޒާހަރާ ރޫޅާލައި، ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުން އިރުކޮޅެއް ނުވެ ފަހުން ދޫކޮށްލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox