ޖޭޕީގެ ލީޑަރުކަމަށް ގާސިމް އިންތިހާބު ވާނީ ކޮންގުރެސްއަށް ފަހު

ޖޭޕީގެ ލީޑަރުކަމަށް ގާސިމް އިންތިހާބު ވާނީ ކޮންގުރެސްއަށް ފަހު

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް ކަމުގައި ވީނަމަވެސް، އެ މަގާމަށް އެ މަނިކުފާނު އިންތިހާބު ވާނީ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅައިފައިވާ އިސްލާހުތައް ފާސްވުމުން ކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް، އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ވޯޓަކައި ނުލައި ޖޭޕީގެ ލީޑަރުކަމަށް ގާސިމް އިންތިހާބުވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވީނަމަވެސް އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށް އާރިފް ވިދާޅުވި އެވެ.

"ރަނގަޅު، އިލްކެޝަންސްގެ ގާނޫނުގައި އޮންނަނީ އެ މަގާމަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށް މީހުން ކުރިމަތިލައިފި ނަމަ [ވޯޓަކައި ނުލައި] އިންތިހާބުވާނެ ކަމަށް، އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅާފައި ހުރި އިސްލާހުތައް ފާސްވުމުން އެ މަނިކުފާނު އިންތިހާބުވެލައްވާނީ،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގުރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހަފުތާ ބަންދުގަ އެވެ. އެ ކޮންގުރެސްގައި ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތާއި ޕާޓީގެ އެކި ގުނަންތަކަށާއި މަގާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނެ އެވެ.

އެ ކޮންގުރެސްގައި އެ ޕާޓީން ރިޔާސީ އިންތިހާބަށް ވާދަކުރުމާ މެދުވެސް ގޮތެއް ނިންމާނެ އެވެ. ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވަކި ގޮތެއް ނިންމާފައި އަދި ނުވި ނަމަވެސް މިހާރު ސަރުކާރު ހިންގާ ކޯލިޝަން އެގޮތުގައި ދެމެހެއްޓުމަށް ބޭނުންފުޅުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެ ހަވީރު 4:00 އަށް ހަމަވިއިރު، ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމްގެ އިތުރުން އެހެން ބޭފުޅަކު ކުރިމަތިލައްވައިފައެއް ނުވެ އެވެ.

މިއީ އެމަނިކުފާނު އެމަގާމަށް ކުރިމަތިލެއްވި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ތިން ދައުރުގައި ވެސް ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވީ ގާސިމް އިބްރާހިމް އެވެ.

އިލެކްޝަންސްގެ ދަފުތަރުގައި ވާގޮތުން ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިދިޔަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި 17913 (ސަތާރަހާސް ނުވަސަތޭކަ ތޭރަ) މެންބަރުން ތިއްބެވެ.

ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުންވެސް ތިބީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު ނިންމާ ގޮތެއްގެ އިންތިޒާރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox