ނުހައްގު މުއްސަނދިކަން ހޯދުމުގެ ދައުވާ މިހާތަނަށް އެއްވެސް މީހަކަށް ކޮށްފައިނުވޭ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ؛ ވިދާޅުވީ އެ ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް މީހަކަށް ދައުވާ ކޮށްފައި ނުވާ ކަމަށް--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ؛ ވިދާޅުވީ އެ ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް މީހަކަށް ދައުވާ ކޮށްފައި ނުވާ ކަމަށް--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނުހައްގު މުއްސަނދިކަން ހޯދުން ހުއްޓުވުމަށް ހެދި ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ނުހައްގު މުއްސަނދިކަން ޖިނާއީ ކުށަކަށް ހަދާފައިވާ ގާނޫނުގެ ދަށުން މިހާތަނަށް ވެސް މީހަކަށް ދައުވާ ކޮށްފައިވޭތޯ ހޯމް މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.

"ފުލުހުންގެ އެކިއެކި ތަހުގީގުތަކަށް އަދި ޑައިރެކްޓް ނޫންކޮށް އެއް ތަހުގީގު ތެރެއިން އަނެއް ތަހުގީގުގެ ފެންނަ މައްސަލަތަކުގެ ތެރެއިން ތި ވިދާޅުވާ ފަދަ ގިނަ ކަންކަން ފާހަގަކުރެވިފައި އެބަހުރި،" ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވި އެވެ.

އޭގެ ތެރެއިން ބައެއް "މުހިންމު ފަރާތްތަކުގެ" މުއްސަނދި ކަމާއި ގުޅޭ ކަންކަން ބެލެމުން ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންނަމަވެސް މިހާތަނަށް ވެސް މައްސަލައެއްގައި އެ ގާނޫނުގެ ދަށުން ދައުވާކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އެހެންނަމަވެސް ވަރަށް ތަރޯ ތަހުގީގުތަކެއް އެފަދަ ފަރާތްތަކާ އެކުގައި، އެފަދަ ފަރާތްތަކާ މެދުގައި ހިންގެމުން އެބަ ގެންދޭ،" އިމްރާން ވިދާޅުވި އެވެ.

ގާނޫނުގެ ފަސްފަހަތް

މީގެ އެތައް އަހަރެއް ކުރިން، ނުހައްގު މުއްސަނދިކަން ހުއްޓުވަން މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރިއަށް ގޮސްފައެއް ނުވެ އެވެ. ނިމިދިޔަ 18 ވަނަ މަޖިލީހުގައި އޭރުގެ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ވެސް ނުހައްގު މުއްސަނދިކަން ހޯދުން ޖިނާއީ ކުށެއްގެ ގޮތުގައި ހިމަނަން ގާނޫނުން އުގޫބާތަށް އިސްލާހު ހުށެހެޅުއްވި އެވެ.

ނަމަވެސް، 18 ވަނަ މަޖިލިސް ނިމިގެން ދިޔަ އިރު ވެސް އެ ބިލު ފާސްކުރުމާ ހަމައަށް ގޮސްފައެއް ނުވެ އެވެ.

އޭގެ ފަހުން، 19 ވަނަ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު 2020، އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހެޅުއްވި އިސްލާހުގައި ވަނީ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައިފަ އެވެ.

އަދި ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހުގައި އިތުރަށް ވަނީ އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލްކުކުރީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީ ކުށެއް ކަމަށްވެސް ކަނޑައަޅައިފަ އެވެ.

އެގޮތުން، އެ ކުށެއްގެ އަދަބުގެ ކުޑަ ބޮޑުމިން ވެސް ވަނީ މަގާމުގެ ދަރަޖައިގެ ގޮތުން ކަނޑައަޅައިފަ އެވެ. ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސް ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ މާނައަކީ އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން ބަލާ ނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox