މާލެ ސިޓީގައި ކުޑަކުދިންނަށް ހިލޭ ސާބަހަށް ގުރުއާން ހިތުދަސް ކޮށްދޭ ކުލާސްތަކެއް ހިންގުމަށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އުޔޫން އިންސްޓިޓިއުޓް"އާއި މާލެ ސިޓީ ކައުންސިލުންް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުޔޫން އިންސްޓިޓިއުޓުގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ މި ކުލާސްތައް ކުރިއަށް ގެންދަނީ 18 އަހަރުންް ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށްގެންނެވެ. ސިޓީ ކައުންސިލުން ބުނީ މިދަ ކްލާސްތަކެއް ހިންގުމަށް އެ ކައުންސިލުން އެއްބާރުލުން ދިނީ މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ވާތީ ކަމަށެވެ.
މިކަމާ ގުޅޭ އެއްބަސްްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އުޔޫން އިންސްޓިޓިއުޓުގެ ފަރާތުންް ސޮއިކުރީ އެ ޖަމިއްޔާގެ ޑިރެކްޓަރު ޑރ. ޢަލީ ޒާހިރު އެވެ.
މި ޕްރޮގްރާމުގެ ދަށުން ހިތުދަސްކޮށްދޭ ކްލާސްތައް ކުރިއަށް ގެންދާނީ މާލެ ސަރަހައްދުގެ ހަތަރު މިސްކިތެއްގަ އެވެ.

ކްލާސްތަކުގައި ބައިވެރިވާން ހުޅުވާލާނީ އުޔޫން އިންސްޓިޓިއުޓުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.












