ލ.ގަން ހުޅަނގު ފަރާތަށް މަސްވެރިކަމަށް ނުކުމެ އުޅުނު ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އޮޔާދާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ މިއަދުގެ 12:50 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، އެ ޑިންގީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެމްއެންޑީއެފް އިން ބުނީ ފިރިހެނަކާއި ކުޑަކުއްޖަކު ތިބި މި ޑިންގީ މިހާރު ވަނީ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ލ.ގަން މުކުރިމަގު އަވަށު ބަނދަރަށް ވައްދާފަ އެވެ.
މި ޑީންގީގައި ދަތުރުކުރި ފިރިހެންމީހާ އާއި ކުޑަކުއްޖާގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.














