ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީގައި ޕައިލެޓް ކޯސް ހަދަމުން އަންނަ ދަރިވަރުންގެ މެޑިކަލް އާއި ވިސާއަށް ދާ ހަރަދު ލޯނަށް އިތުރުކޮށް ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ނެރުނު ބަޔާނެެެގައި ވަނީ މީގެ ކުރިން ޗެކްރިޕަބްލިކްގެ ކޯހުގައި ދަރިވަރުން ބައިވެރިވިއިރު އެ އެކަޑަމީން ދޫކޮށްފައިވާ ފީ ސްޓްރަކްޗާގައި ދަރިވަރުންނަށް ބޭނުންވާ މެޑިކަލް އާއި ވިސާގެ ހަރަދު ހިމަނާފައި ނުވާ ކަމަށެވެ.
އެހެންނަމަވެސް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނަށް އެ ހަަރަދު އިތުރުކުރުމަށްފަހު ލޯނުގެ އެގްރިމަންޓް އިސްލާހު ކުރުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީންގެެެ ބަޔާނުގައިވެ އެެެވެެ. އަދި ދަރިވަރުންނަށް މެޑިކަލް އާއި ވިސާ ފީ ދޫކުރެވޭނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓެއްގެ ދަށުން ކަމަށް ވެެސް އެެ މިނިސްޓަރީން ބުނެ އެވެ.
މިނިސްޓްރީން މި ހަރަދު ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އެކެއްގެ ފަހުން ކޯސް ނިމިފައިވާ އަދި ކޯސް ނިންމުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށެވެ.












