އިންސާފު ގާއިމުވާނީ ދައުލަތުގެ ތިން ބާރުގެ މަސައްކަތުން: ރައީސް

ރައީސް ސޯލިހު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ޝަރުއީ ދާއިރާއަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ވާހަކަ ދެއްކެވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ޝަރުއީ ދާއިރާއަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ވާހަކަ ދެއްކެވި --- ފޮޓޯ: ރައީސް އޮފީސް

އަދުލު އިންސާފު ގާއިމުކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށާއި، އިންސާފު ގާއިމު ކުރެވޭނީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކޮށް، އެ ދާއިރާއާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވި، ކުރަމުންދާ ކަމަށް ގަޟާއީ އާ އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އެ ދާއިރާގެ ގާނޫނީ އޮނިގަނޑުތަކަށް ގެނެވިފައިވާ ބަދަލުތަކާއި ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުތައް ފާހަގަ ކުރެއްވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ އަދިވެސް ކުރަން ޖެހިފައި ހުރި މަސައްކަތްތައް ގިނަ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރުމަށް، އަދުލު އިންސާފުގެ ބާރުގެ އިތުރަށް ދައުލަތުގެ އަނެއް ދެ ބާރު ކަމުގައިވާ ވެރިކަން ކުރާ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ޒިންމާ ވެސް ކުޑަ ނޫން ކަމަށެވެ. މިހާތަނަށް ގެނެވިފައިވާ ބަދަލުތަކަކީ ވެސް ތިން ބާރު ގުޅިގެން ގެނެވިފައިވާ ބަދަލުތަކެއް ކަން ފާހަގަ ކުރެއްވި އެވެ.

"ޢަދުލު އިންސާފު ގާއިމްކުރުމަކީ ހަމައެކަނި ކޯޓު މަރުހަލާތަކުން ހާސިލްވާ ކަމެއް ނޫން، އަދުލު އިންސާފުގެ ދާއިރާ އެއަށް ވުރެ މާ ފުޅާ، އެއީ މުޅި ދައުލަތުގެ ޒިންމާއެއް، އެއީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ގާއިމު ކުރެވޭ އެއްޗެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ދެން އިޝާރާތް ކުރެއްވީ ތަހުގީގީ މަރުހަލާއިން ފެށިގެން ދައުވާ ކުރުމާ ހަމައަށް ހިނގާ މަރުހަލާތަކަކީ ވެސް އަދުލު އިންސާފު ގާއިމުކުރުމަށް އޮތް މުހިންމު މަރުހަލާތަކެއްގެ ގޮތުގަ އެވެ.

"ރައްޔިތުންގެ ހިތްތަކުގައި އިތުބާރާއި ޔަގީންކަން އުފެއްދުމަށްޓަކައި، ތަހުގީގީ މަރުހަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށް ވުރެ ބަދަހި ގުޅުމެއް އުފެއްދުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގައި ގާނޫނީ ވަކީލުންގެ ދައުރު ވެސް މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެއީ ތަހުގީގުގެ މަރުހަލާގައި އަދި ޝަރުއީ މަރުހަލާގައި ވެސް ވަކީލުންގެ ދައުރު އޮންނާތީ ކަމަށް ރައީސް ވިދާޅުވި އެވެ. ވަކީލުންގެ ވެސް އެންމެ މަތީ ޒިންމާއަކީ އިންސާފު ގާއިމު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

އިންސާފު ލިބުމަކީ ބޯހިޔާވަހިކަމާއި ސިއްހަތު ސަލާމަތް ކުރުމާއި ތައުލީމު ހޯދުން ފަދަ އަސާސީ ބޭނުންތަކުގައި ވެސް ކޮންމެ ފަރުދަކަށް އެ ފަރުދެއްގެ ހައްގު މިންވަރު ލިބުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއީ ވެރިކަމުގެ ބާރަށް އޮތް ޒިންމާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އަދުލު އިންސާފު ލިބުމަކީ، ބޯހިޔާވަހިކަމުން ވެސް، ސިއްހަތު ސަލާމަތް ކުރުމުގައި ވެސް، އަދި ތައުލީމު ހޯދުމުގައި ވެސް އެ މީހަކަށް ހައްގު މިންވަރު ލިބުން، މާތް ﷲގެ ވާގިފުޅާ އެކު، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަމުން މި އައީ އެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

ހަތަރު އަހަރުގެ މަސައްކަތުން ފަނޑިޔާރުގެއަށް އިތުބާރު އުފެދިއްޖެ

އަދުލު އިންސާފުގެ ދާއިރާ އިސްލާހުކޮށް ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ. މިދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތުން ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ނުރަނގަޅު ތަސައްވުރު ބަދަލުވެ، އިތުބާރު އުފެދެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން، އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް،" އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުރުމުގެ ރިޔާސީ ވައުދުފުޅު ހަނދުމަފުޅު ކުރައްވަމުންް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ޝަރުއީ ދާއިރާގެ ބަޖެޓަކީ 440 މިލިއަން ރުފިޔާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެ ދާއިރާއަށް އޮތް ބަޖެޓް އިތުރުކޮށް، މި އަހަރު 605 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖެއްސިކަން ފާހަގަ ކުރެއްވި އެވެ.

މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް، ހުޅުމާލޭގައި ހަދައި ކޯޓު ކޮމްޕްލެކްސްގެ ޑީޓެއިން ޑިޒައިންގެ މަސައްކަތް އޮތީ ނިމިފަ އެވެ. އޭގެ އަމަލީ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ގާއިމު ކުރުމަށް ނިންމާފައިވާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ބީލަން މަރުހަލާ ނިމި ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައި ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި، ކްރިމިނަލް ކޯޓުގެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ވެސް ވަގުތުން ހައްލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގެ އިތުބާރު ދެމެެހެއްޓުމަށް، ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ޔަގީން ކުރުމަށް ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް ފަނޑިޔާރުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތައް ހިމެނޭ ގޮތަށް ގާނޫނަށް ގެންނަން ހުށަހެޅިފައިވާ ބަދަލުތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރަށް، ސާކިޓް ކޯޓްތަކާއި ޑިސްޓްރިކްޓް ކޯޓުތައް ގާއިމްކުރެވޭ ގޮތަށް ކޯޓުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅިފައިވާ ބިލު ވެސް ރައީސްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

އަދި، މިދިޔަ 14 އަހަރު ދުވަހު ކުރެވުނު ތަޖުރިބާގެ އަލީގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުކުރަން ޖެހިފައިވާ ކަން އެނގިފައިވާތީ އެ ކަމަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހު ވަރަށް އަވަހަށް ހުށަހެޅިގެން ދާނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ، އެ ކޮމިޝަން މެދުވެރިކޮށް ފަނޑިޔާރުންނަަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތަކީ މިދިޔަ ކޮންމެ ސަރުކާރަކު ވެސް އަދި މި ސަރުކާރުގައި ވެސް އަމާޒުވެފައިވާ ތުހުމަތެކެވެ. ނަމަވެސް މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައިނުވާ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox