މެންބަރުން ނެރުނު އަންހެން ސެކިއުރިޓީންނަށް ފުރައްސާރަކުރާތީ ރޮޒައިނާގެ ކަންބޮޑުވުން

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒޭ ވާހަކަ ދައްކަވަނީ؛ އަންހެން ސެކިއުރިޓީންނަށް ފުރައްސާރަކުރާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒޭ ވާހަކަ ދައްކަވަނީ؛ އަންހެން ސެކިއުރިޓީންނަށް ފުރައްސާރަކުރާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ނަން އިއްވި މެންބަރުން ބޭރުކުރުމުގައި ހަރަކާތްތެރިވި އަންހެން ސެކިއުރިޓީ އޮފިސަރުންނަށް ފުރައްސާރަކުރަމުންދާތީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅުގެ ފަސް މެންބަރުންގެ ނަން އިއްވައިފައިވެ އެވެ. އެ މެންބަރުން ތަޅުން ދޫކޮށް ނުކުންނަށް ދެކޮޅު ހެދުމުން، މެންބަރުން ނެރުމުގައި ހަރަކާތްތެރިވެފައިވަނީ އަންހެން ސެކިއުރިޓީ އޮފިސަރުންނެވެ.

މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ދައްކަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އޮފިސަރުން އެކަން ކުރީ "ފިރިހެން މެންބަރުން ގައިގައި އަތްލާ ހިތުން" ނޫން ކަމަށެވެ.

"މިތާ ހިނގި ކަންތައްތަކަކީ މިތަނުގެ ވެރިން އެ ބޭފުޅުންނަށް އިންސްޓްރަކްޝަންސް ދެއްވި ގޮތަށް އެ ބޭފުޅުން އަމަލު ކުރައްވާފައިވަނީ، އެހެންވީމާ މިކަހަލަ ހާލަތްތަކުގައި އާންމު ރައްޔިތުން ވެސް ކޮންމެވެސް ވަރަކަށް ވިސްނަން އެބަ ޖެހޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ސެކިއުރިޓީ އޮފިސަރުން ފަދަ މަގާމުތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުއިރު، އެ މީހުންގެ އަގު ވެއްޓޭ ފަދަ ވާހަކަތައް ދެއްކުމަކީ ދެރަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ފުލުހުންނާއި ކަސްޓަމްސް ފަދަ ތަންތަނުގައި ވެސް އަމަލު ކުރާ އުސޫލަކީ އަންހެނުން އަންހެނުން ފާސްކުރުން ކަން ފާހަގަކުރައްވައި ރޮޒައިނާ އިތުރަށް ވިދާޅުވީ މަޖިލީހުގައި އިއްޔެ ހިނގި ކަންކަމަކީ އާންމު އުސޫލުގެ ބޭރުން ހިނގި ކަމެއް ކަމަށެވެ.

"އަދި ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ގަވައިދުން މިގޮތަށް މިކަން ނުވާނެ ގޮތަކަށް އަޅުގަނޑު ހުށަހަޅާނަން،" ނިންމާލަމުން ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox