ޑިޖިޓަލް ލައިސެންސް ބޭނުންކުރަން ފަށައިފި، އެޕްލައިކުރުން ވެސް އޮންލައިންްކޮށް

މާލޭގެ މަގެއްގައި ބަޔަކު ސައިކަލް ދުއްވަނީ. މިނިސްޓަރ ވިދާޅުވީ، އިއްޔެ ފެށިގެން ދިޔަ ޑިޖިޓަލް ލައިންސެންސްގެ ހިދުމަތާާ އެކު އެތައް ލުއިފަސޭހަތަކެއް ލިބިގެން ދާާނެ ކަމަށް --- ފޮޓޯ: އަދަަދު

މާލޭގެ މަގެއްގައި ބަޔަކު ސައިކަލް ދުއްވަނީ. މިނިސްޓަރ ވިދާޅުވީ، އިއްޔެ ފެށިގެން ދިޔަ ޑިޖިޓަލް ލައިންސެންސްގެ ހިދުމަތާާ އެކު އެތައް ލުއިފަސޭހަތަކެއް ލިބިގެން ދާާނެ ކަމަށް --- ފޮޓޯ: އަދަަދު

ލައިސަންސް ކާޑު ޑިޖިޓަލްކޮށް، ލައިސަންސަށް އެދުމާ ގުޅޭ ހުރިހާ ކަމެއް އޮންލައިންކޮށް ދޭން ޓްްރާންސްޕޯޓް މިނިސްޓްރީން ފަށައިފި އެވެ.

މި ހިދުމަތް ފެށުމާއި ގުޅޭގޮތުން ޓްރާންސްޕޯޓްް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، އިއްޔެ އިން ފެށިގެން މި ހިދުމަތް ފެށުމާއި، އެކު ލައިސަންސް ކާޑު ޕްރިންޓުކުރުން ހުއްޓާލާފައިވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ މިއަދަށް ފަހު އަޅުގަނޑުމެން މި ޕްރިންޓުކުރާ ކުރުން ހުއްޓާލާފައި ވާކަމަށް. ދެން އެމަސައްކަތެއް ނުކުރާނެ. މިހާރު ފޯނުންް ލައިސަންސްކާޑު ދައްކާލެވޭ ގޮތަށް އިންނާނީ. އެހެން ނަމަވެސް އަމިއްލައަަށް ލައިސަންސް ޕްރިންޓުކޮށްގެން ބޭނުންކުރަން ބޭނުންްވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހް ވިދާޅުވީ، މި ހިދުމަތް ފެށުމާ އެކު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

"އެއްވެސް ބޭފުޅަކު ދެން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީގެ ކައުންޓަރަށް ވަޑައިގެން މި ހިދުމަތް ހޯދާކަށް ނުޖެހޭނެ. މަގުމަތިން މަޑުކޮށްލާފަ ފުލުހަކު ސުވާލުކޮށްފި ނަމަވެސް ތިބޭފުޅުންނަށް ފޯނުން މުއްދަތު ހަމަނުވާަ ލައިސަންސް ކާޑު ފޯނުން ދައްކާލެވޭނެ" އަލީ ސޯލިހް ވިދާޅުވި އެވެ.

މި ހިދުމަތް ފެށުމާ އެކު ލައިސަންސަށް އެދުން ކުރިއަށް ގެންދާނީ އީފާސްގެ މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލުގެ ތެރެއިންނެވެ.

މި ލައިސަންސް ކާޑު އެތެރޭގެ އުދުހުމުގައި ވެސް ބޭނުންކުރެވޭނެ ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ. އަލީ ސޯލިހް ވިދާޅުވީ، އައިޑީކާޑު ނުވަތަ ޕާސްޕޯޓު ހަނދާން ނެތިގެން ނުގެންދެވިގެންް ވަރަށް ގިނަަ ފަހަރު ދަތުރު ނުކުރެވުނު ނަމަަވެސް އަަތުގައި ފޯނު އޮންނަ ހާލަތެއްގައި ލައިސަންސް ކާޑު އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވުމަކީ ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފެށުމާ އެކު އަލަށް ލައިސަންސް ދޫކުރާއިރު އޮންނާނީ ޑިޖިޓަލްް ލައިސަންސެކެވެ. ލައިސަންސް ކާޑު ބޭނުންވާ ފަރާތްތަކަށް އެ ކާޑު ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.

ލައިސަންސް ދޫކުރުމުގެ ހިދުމަތް މެދުކަނޑާލުމާ އެކު މި ދުވަސްވަރަށް މުއްދަތު ހަމަވާ ކާޑުތައް މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ބޭނުންކުރެވޭނެ އެވެ. ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އެޕްލިކޭޝަނުން ވެސް މި ލައިސަންސްތައް ފެންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންް ވަނީ ބުނެފަ އެވެ.

މި ހިދުމަތް ފެށުމާ އެކު ލައިސަންސަށް އެދުމުގެ ހުރިހާ ކަމެއް ވެސް ކުރާނީ ޑިޖިޓަލްކޮށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox