ރިޔާސީ ބަޔާން އިއްވަން ހުރަސް އެޅި އިދިކޮޅު މެމްބަރުންގެ ނަން އިއްވައި މަޖިލިސް މެދުކަނޑާލައިފި

ރިޔާސީ ބަޔާން އިއްވަން ހުރަސް އެޅި އިދިކޮޅު މެމްބަރުންގެ ނަން އިއްވައި މަޖިލިސް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަން ހުރަސް އެޅުއްވުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވަވައި މަޖިލީހުން ބޭރުކޮށްފި އެވެ.

މިއަދުގެ ޖަލްސާ ފަށައި، ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް ޕޯޑިއަމް ކައިރިއަށް ވަޑައިގެންނެވުމާ އެކު ޝިޔާމް ވަނީ ރިޔާސަތު ކުރިމައްޗަށް ހުއްޓި އަޑުގަދަ ކުރައްވާފަ އެވެ. އަދި، ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާލެއްވި އެވެ.

އެއާއެކު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގް އިބްރާހިމް އާއި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ވެސް ޝިޔާމާ ގުޅިވަޑައިގެން ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސް އެޅި އެވެ.

ތަކުރާރުކޮށް އެ މެމްބަރުންނަށް ނަސޭހަތް ދެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ އެ މެމްބަރުންގެ ނަންތައް އިއްވައި ތަޅުމުން ނެރުމަށް އަންގަވާފަ އެވެ. އެކަމަކު އެ މެމްބަރުން ތަޅުމުން ނުކުތުމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

ރައީސް ސޯލިހު މަޖިލީހަށް ވަދެވަޑައިގެންނެވިއިރު އެ އިދާރާގެ ގޭޓު ކައިރީގައި ވެސް އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އިދިކޮޅު މެމްބަރުން ތިއްބެވީ ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާލާ ބެނާއެއް ހިފައިގެންނެވެ.

މަޖިލީހުގެ ޖަލްސާ މެދުކަނޑާލަން ނިންމާލާފައިވަނީ އެކަމާމެދު ރައީސް ސޯލިހާއި ނަޝީދު މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ. މެދުކަނޑާލިނަމަވެސް އަލުން ފަށާނެ ގަޑިއެއް މަޖިލީހުގެ ރައީސް ހާމަ ނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox