ފްރާންސް އާއި ސިންގަޕޫރާ ދެމެދު އަޅާ ސަބްމެރިން ކޭބަލް ސެޕްޓެމްބަރުގެ ކުރިން ރާއްޖެއާ ގުޅާލާނެ: ރައީސް

ރައީސް ސޯލިހު އަދި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އަދި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ - ފޮޓޯ: ރައީސް އޮފީސް

ފްރާންސްގެ މާސޭއާއި ސިންގަޕޫރާ ދެމެދު އަޅާ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލާ ބޭނުންކުރުމުގެ ފުރުސަތު އަންނަ ސެޕްޓްމްބަރު މަހުގެ ކުރިން ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދުނިޔެ ބަދަލުވަމުން އަންނަ ކަމަށާއި އެ ބަދަލާ އެކު އިންޓަނެޓު ބޭނުންކޮށްގެން ހިންގުމުގެ ދާއިރާއަށް އަންނަ އަވަސް ކަމަކީ މުސްތަގުބަލަށް މުހިންމު ބަދަލެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިންޓަނެޓްގެ އަގަށް ގެނެވުނު ބަދަލާއި އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްގީ އައުން މުހިންމު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރު ޝާމިލްވާ އައު ސަބްމެރިން ކޭބަލުން އެކަން ހާސިލުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ކުރިއަށް އޮތް ފަސް މަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ," ގައުމާ މުހާތަބުކުރައްވާ ރައީސް ވިދާޅުވި އެވެ.

މިއީ އިންޓަނެޓުގެ ސްޕީޑާއި އަގަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށްވެސް ރައީސް ވެސް ވިދާޅުވި އެވެ.

ހުޅަނގު ޔޫރަޕާއި މެދުއިރުމަތި އަދި އޭޝިއާގެ ގައުމުތައް ގުޅުވާލާ މި ސަބްމެރިން ކޭބަލްގެ މަސައްތަކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. 19،200 ކިލޯމީޓަރުގެ މި ކޭބަލް ގުޅާލާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ މެލޭޝިއާ، ބަންގްލަދޭޝް، ސްރީ ލަންކާ، އިންޑިއާ، ޕާކިސްތާނު، ސައުދީ އަރަބިއާ އަދި މިސްރެވެ.

ސަރުކާރުގެ ވައުދާ އެއްގޮތަށް 27، މެއި 2021 ގައި ސަރުކާރުން ވަނީ ނެޓު އަގުހެޔޮށް، އައު އަގުތައް އިއުލާނުކޮށްފަ އެވެ. އެ ދުވަހު އިންޓަނެޓަކީ އަސާސީ ހިދުމަތެއްކަން ފާހަގަކުރައްވައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އެކަކު އަނެކަކާ ދުރުގައި ތިބެންޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި އިންޓަނެޓުގެ ބޭނުތެރިކަން އިހުނަށް ވުރެ އެތައް ގުނައެއް ބޮޑުވާނެ ކަމަށެވެ.

އަތްފޯރާ އަގެއްގައި އަދި އެކަށީގެންވާ ފެންވަރެއްގައި އިންޓަނެޓް ހިދުމަތް ރައްޔިތުންނަށް ޖުލައި މަހުން ފެށިގެން ލިބޭނެ ކަަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox