އަބުރު ބިލެއް ހިމެނޭހެން މި ދައުރުގައި މަޖިލީހަށް 23 ބިލެއް ހުށަހަޅަނީ

އެޓާނީ ޖެނެރަލް ރިއްފަތު އިބްރާހިމް؛ މި އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ލިސްޓު ވަނީ ފޮނުވާފައި--

އެޓާނީ ޖެނެރަލް ރިއްފަތު އިބްރާހިމް؛ މި އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ލިސްޓު ވަނީ ފޮނުވާފައި--

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުގެ ލިސްޓު އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ފޮނުވައިފި އެވެ.

މަޖިލީހުގެ ގަވައިދުގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ކޮންމެ ދައުރެއް ފެށުމުގެ ކުރިން އެ ދައުރެއްގައި ހުށަހަޅަން ގަސްދު ކުރާ ބިލުތަކުގެ ލިސްޓު މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހެ އެވެ.

މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް މާދަމާ ފެށޭއިރު، ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހަޅަން ގަސްދު ކުރާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ. ލިސްޓުގައި ހިމެނޭ ބައެއް ބިލުތަކަކީ މިދިޔަ ދައުރުތަކުގައި ވެސް ހުށަހަޅާނެ ކަމަށް އާންމު ކުރި ބިލުތަކެވެ.

މުހިންމު ބައެއް ބިލުތައް:

  • ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލު
  • ރިޔާސީ އިންތިހާބާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހައްޖާއި އުމްރާގެ ބިލު
  • އިސްރަށްވެހިންގެ ބިލު
  • އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް
  • އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުން ނަގައިދިނުގެ ބިލު
  • ފޮރިން އިންވެސްޓްމެންޓް ބިލު

މި ދައުރަށް ހުށަހަޅަން ގަސްދު ކުރާ ބިލުތަކުގެ ލިސްޓުގައި އަބުރާ ބެހެމުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ނަގައިދިނުމުގެ ބިލެއް ހިމަނާފައިވާއިރު، އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ނަމުގައި އޮތް ގާނޫނު އުވާލާފައިވަނީ މި ސަރުކާރުންނެވެ.

މީގެ ދެ އަހަރު ކުރިން ހުށަހަޅަން މަސައްކަތް ފެށި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުގައި މައިގަނޑު ގޮތެއްގައި އެކުލެވޭނީ، އަބުރާ ބެހުމަކީ ކޮބައިކަމާއި، އަބުރާ ބެހުނުކަމަށް ނުބެލެވޭނެ ހާލަތްތަކެއް ކަމަށް އޭޖީން ބުނެފައިވެ އެވެ.

އަދި މީހެއްގެ އަބުރާ ބެހިއްޖެނަމަ އެކަމުގެ ސަބަބުން އަބުރާ ބެހެވޭ މީހާއަށް ލިބޭ ގެއްލުމަށް މަދަނީ ބަދަލު ނަގައި ދިނުމުގެ އުސޫލުތައް ވެސް މި ބިލުގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox