ރިޔާސީ ޓިކެޓަކަށް ކަޅި އަޅާ މީހުންނަށް އިދިކޮޅުގެ ރައްދު؛ ޓިކެޓު ލިބޭނީ ހަމައެކަނި ޔާމީނަށް

ރިޔާސީ ޓިކެޓަކަށް ކަޅި އަޅާ މީހުންނަށް އިދިކޮޅުގެ ރައްދު؛ ޓިކެޓު ލިބޭނީ ހަމައެކަނި ޔާމީނަށް

ރިޝްވަތު ނެންގެވި ކަމުގެ ކުށް ސަބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަހުދު އާކޮށް ރިޔާސީ ޓިކެޓު އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ނުލިބޭނެކަމަށް ބުނަމުންދާ ވާހަކަ އިދިކޮޅުން ތަކުރާރުކޮށްފި އެވެ.

ޕީޕީއެމް އަދި ޕީއެންސީން "ދުއްޕާން" ގެ ނަމުގައި ކުރިއަށް ގެންދާ ޖަލްސާގެ ހުރިހާ ބައިވެރިން އަހުދުވެ ޔާމީން މިނިވަން ކުރުމަށް ހުވާކޮށްފައިވެ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީނުގެ ނަން އޮންނާނެ ކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް "ދުއްޕާން"ގެ ނަމުގައި އެ ކޯލިޝަނުން ކުރިއަށް ގެންދާ ޖަލްސާގެ ހުރިހާ ބައިވެރިން ވަނީ އެ ހުވާގައި ބައިވެރިވެ އިގުރާރު ވެފަ އެވެ.

އެ ޕާޓީން ދާއިރާތަކަށް ކަނޑައަޅާފައި ތިބޭ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޕާޓީގެ އެހެނިހެން ގުނަން ތަކުގެ އިސްވެރިންނާއި މަޖިލިސް މެންބަރުން ވެސް ބައިވެރިވެލައްވާ އެ ޖަލްސާގައި ބައިވެރިވުމަށް އެ ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އާޓިފިޝަލް ބީޗަށް އެއްވެފަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ލީޑަރުގެ މަގާމުގައި މިވަގުތު ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ޖަލްސާއިން ވެސް އަދި ބުންވަރުގެ ނަމުގައި އިއްޔެ މާލޭގައި ބޭއްވި ހިނގާލުމުން ވެސް ފެނިގެން ދިޔައީ ރައީސް ޔާމީނަށް އޮތް ލޯބި ކަމަށާއި އެމަނިކުފާނު މިނިވަން ކޮށްފައި ނޫނީ އެ ކުރާ މަސައްކަތް ނުހުއްޓާނެ ކަމަށެވެ.

""އަޅުގަނޑުމެންނަކީ ބޮޑުތަކުރުފާނުގެ ލޭ ހިނގާ ދޮންބަންޑާރައިންގެ ވިންދު ޖަހާ ޝަހީދު ހުސައިން އާދަމްގެ ހިތްވަރާ އެކު ނުކުމެ ތިބި ބައެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެގެ ހިނގާލުމުން ފެނިގެން އެދިޔައީ "އަސްލުގެ ކުޑަ މިންވަރެއް" ކަމަށާއި އަސްލު ދައްކާލައިފި ނަމަ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ފައި ވެސް ބިންމަތީގައި ހަރު ނުލާނެ ކަމަށެވެ.

އަބްދުއްރަހީމަށް ފަހު ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދު ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސިޔާސީ ގޮތުން އަމާޒު ކުރައްވާ އެކި ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ.

އެގޮތުން، އޭނާ ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕުން ކުރަމުން ގެންދާ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށާއި އެ ނޫން ބޭފުޅަކަށް އެ ޕާޓީގެ ޓިކެޓެއް ނުލިބޭނެ ކަމަށެވެ.

"މި ޕާޓީގެ ރައީސް އަކީ ރައިސް ޔާމީނު، މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް، ދޫންޏެއް ބާޒެއް ކިޔާނެ ކަމެއް ނެތް، ޓިކެޓެއް ނުލިބޭނެ، އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީނަށް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޕާޓީގެ ލީޑާޝިޕްގެ ހުރިހާ އެންމެން ބައިވެރިވާ ފަދައިން އޭނާ ވެސް ހުންނެވީ މިވަގުތު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމްގެ ފަހަތްޕުޅުގައި ކަމަށެވެ.

"އެއްވެސް ބޭފުޅަކަށް މައިކެއް ދެއްވާނެ ކަމެއް ނެތް، ރައީސް ވަޑައިގަންނަވަންދެން އަބްދުއްރަހީމް މައިކު ހިފަހައްޓައިގެން ހުންނަވާ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި އެ ކޯލިޝަނުން ކުރިއަށް ގެންދިޔަ ކޮންފަރެންސް ނިންމާލުމުގެ ގޮތުން މިރޭ ކުރިއަށް ގެންދިޔަ އެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު، ޝިޔާމް ވެސް ވާހަކަދެއްކެވި އެވެ.

އޭނާގެ ވާހަކައިގައި އޭނާ މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ ޝަރުއީ ނިޒާމުގެ ދޯހަޅިކަމުގެ ވާހަކަ އެވެ.

އެގޮތުން، އޭނާ ވަނީ އަމިއްލަ ޕާޓީގެ ރައީސް އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލުމުން އެކަން ތަހުގީގު ނުކުރެވުނު ބަޔަކަށް ދެން ތަހުގީގު ކުރެވޭނީ ކޮން ކަމެއްތޯ ބުނެ ސުވާލު އުފައްދާފަ އެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި އިރު ޖޭއެސްސީ އިސްލާހު ކުރާނެ ކަމަށް ވިދާޅުވެ ވީ ވައުދު އަދިވެސް ނުފުއްދާ ކަމަށާއި ފަނޑިޔާރުގެ ސާފު ކުރާ ވާހަކަދައްކަން އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިޕާޓީން އެ މައްސަލަ ހުށަހަޅައިފިން ތިން ފަހަރު މަޖިލީހަށް، އެކަމަކު އެއްކަހަލަ ބޮޑު މެޖޯރިޓީން އެ މައްސަލަ ބޭރުކޮށްލަނީ،" ޝިޔާމް ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައި ވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އެ ހުކުމާ މެދު ޝައްކު ކުރެވޭނެވަރުގެ އެތައް ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

މިރޭގެ ޖަލްސާގައި ރާއްޖޭގެ އެކިކަންކޮޅުން ބައިވެރިވި ބައެއް ޒުވާނުން ވެސް ވާހަކަ ދެއްކި އެވެ. 1150 މަނދޫބުންނާ އެކު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހޯޕް ކޮންފަރެންސްގެ ނަމުގައި ހަރަކާތެއް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ ކޮންފަރެންސްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މަޝްވަރާތައް ކުރުމާއި، ރާއްޖޭގެ މިހާރުގެ އިޖްތިމާއީ އަދި އިގްތިސޯދީ ހާލަތާ ބެހޭ މަޝްވަރާތަކުގެ އިތުރުން މި ސަރުކާރުން އަމަލުތަކާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox