އޭޝިއަން ގޭމްސް ޕްރޮމޯޓްކުރަން ބާއްވާ "ފަން ރަން" މާދަމާ

Feb 3, 2023, 4:45 AM
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިއްޔެ ހެންވޭރު ބޯޅަ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިއްޔެ ހެންވޭރު ބޯޅަ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޗައިނާގެ ހަންގްޒޫގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމުގެ ގޮތުން ބާއްވާ "ފަން ރަން"، މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބާއްވާ ގޮތަށް ރާވައިފި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އަދި ހަންގްޒޫ ގޭމްސް އޮގަނައިޒިން ކޮމިޓީ ގުޅިގެން ބާއްވާ މި "ފަން ރަން"ގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި ސްކޫލް ކުދިންނާއި ލޯކަލް ޗައިނީސް ކުންފުނިތަކުގެ އިތުރުން އާންމުންގެ އެކި ފަރާތްތައް ހިމެނޭ ގޮތަށް 700 އެއް ހާ މީހުން ބައިވެރިވާނެ އެވެ.

މި "ފަން ރަން" އާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ހެންވޭރު ބޯޅަގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ބްރޯޑްކާސްޓް ޑިޕާޓްމަންޓް، ޖިއާން ޒޯގެ އިތުރުން ހަންގްޒޫ ގޭމްސްގެ ޑިރެކްޓާ އޮފް ކޯ ހޯސްޓް ސިޓީ ޑިޕާޓްމަންޓް، ސޮންގް ޖިއަންބޯ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ބްރޯޑްކާސްޓް ޑިޕާޓްމަންޓް، ޖިއާން ޒޯ، ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މީގެ ކުރިން ވެސް ރާއްޖޭގައި އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރަން ބޭއްވި "ފަން ރަން" މި ފަހަރު ރާވާފައި މި ވަނީ ހޮނިހިރު ދުވަހު ހެނދުނު ހުޅުމާލޭ ސިންތެޓިކް ޓްރެކުން ފަށައިގެން ވަކި ރޫޓަކުން ދުވެފައި، ތިން ކިލޯމީޓަރު ހަމަވާ ގޮތަށް، ސިންތެޓިކް ޓްރެކުން ނިންމާ ގޮތަށެވެ.

އޯސީއޭގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި، ޖިއާން ޒޯ ވިދާޅުވީ "ފަން ރަން" އަކީ ގޭމްސް ޕްރޮމޯޓް ކުރުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ކުރެވޭ ކަމެއް ކަމަށާއި ގައުމުތަކުން މި ހަރަކާތައް ލިބޭ ތަރުހީބު ވެސް ފުރިހަމަ ކަމަށެވެ.

އުންމީދަކީ ކުރިން ފަަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރާއްޖޭގައި ފުރިހަމަ ކަމާ އެކު މި އިވެންޓް ކުރިއަށްގެންދެވުން ކަމަށް ޒޯ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަންގްޒޫގައި ބާއްވަން އޮތް ގޭމްސް މި އަހަރަށް ފަސްކުރަން ޖެހުނީ ޗައިނާގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުންނެވެ. އެކަމަކު، މިހާރު، ޗައިނާ ކޮވިޑް-19ގެ ހާލަތުން އަރައިގަނެފައިވާއިރު، ހަންގްޒޯގައި ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު 8 އަށް ބާއްވާ މި ފަހަރުގެ ގޭމްސް އަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވަމުން އަންނަ ކަމަށް ހަންގްޒޯ ގޭމްސްގެ ޑިރެކްޓާ އޮފް ކޯ ހޯސްޓް ސިޓީ ޑިޕާޓްމަންޓް، ސޮންގް ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ ގޭމްސް ޕްރޮމޯޓް ކުރަން އެކި ގައުމުތަކުގައި "ފަން ރަން" ބޭއްވޭއިރު، އޭގެ ތެެެރެއިން ހިނގާ ހަރަކާތްތަކުގެ ސަބަބުން ގޭމްސް އިތުރަށް ފުރިހަމަ ކަމާ އެކު ކުރިއަށްގެންދަން ހިތްވަރު ލިބޭ ކަމަށް ސޮންގް ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މައުލޫމާތު ދޭ ގޮތުގައި މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ތަފާތު 11 ކުޅިވަރަކުން 200 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox