ވޯޓުގެ ރައްކާތެރިކަމަށް 20 ކަމެއް ކޮށްދޭން ނަޝީދު ފަޅިން ޕާޓީގައި އެދެފި

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު؛ ނަޝީދު ކެމްޕެއިން ފަޅިން ވަނީ 20 ކަމެއް ކޮށްދިނުމަށް ޕާޓީގައި އެދިފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު؛ ނަޝީދު ކެމްޕެއިން ފަޅިން ވަނީ 20 ކަމެއް ކޮށްދިނުމަށް ޕާޓީގައި އެދިފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލްކޮށްފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ސައްހަކަމާއި އިތުރުބާރު ދެމެހެއްޓުމަށް ޓަކައި، އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނު ފަޅިން 20 ކަމެއް ކޮށްދިނުމަށް އެދެފި އެވެ.

ނަޝީދު ކެމްޕެއިން ޓީމު، "ފިކުރެއްގެ ދިރުން" އިން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުވި ސިޓީއެއްގައި ބުނީ މިއީ އިންތިހާބުގެ ސައްހަކަން ދެމެހެއްޓުމަށް ކޮންމެހެން ފުރިހަމަ ވާން ޖެހޭ ކަންކަން ކަމަށް ދެކޭ ކަމަށެވެ.

"ފިކުރެއްގެ ދިރުން" ޓީމުން ހުށަހެޅި ކަންކަން:

  • ވޯޓުލާ މަރުކަޒުގައި އެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުންގެ، ދެ ކެންޑިޑޭޓް ސޮއިކޮށްފައިވާ ލިސްޓު އާންމުކޮށް، ހާމަކޮށް ފެންނާން ހުންނާނެހެން ބެހެއްޓުން
  • ވޯޓުލާ މަރުކަޒުގައި ވޯޓު ލާން ފެށުމުގެ ކުރިން، އެ މަރުކަޒަކަށް ލިބުނު ވޯޓު ކަރުދާސްތައް ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑައި، ގުނައި، އަދަދުކޮށް، އެމަރުކަޒަކަށް ލިބުނު ވޯޓު ކަރުދާހުގެ ޢަދަދުޖުމުލަ އިޢުލާންކުރުން
  • ވޯޓުލާން ދާމީހާގެ ވަނަވަރު ކަށަވަރުކުރުމަށްފަހު، އެ މީހާގެ ސުމާރު ނަންބަރާއި، ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް ބާރަށް އިއުލާންކުރުން
  • ވޯޓުލާ މަރުކަޒުގެ ތެރެއަށް ފޯނު ވެއްދިޔަ ނުދިނުން
  • ވޯޓުލާ މީހާގެ އިނގިލީގައި ޖަހާ ފާހަގައަކީ ފޮހެނުލެވޭފަދަ އިތުބާރުހުރި ދެއްޔަކުން ޖަހާ އެއްޗަކަށްވުން
  • ވޯޓު ކަރުދާހުގެ ފޮޓޯ ވޯޓުލުމުގެ ކުރިން ވެސް އަދި ފަހުގައި ވެސް ނެގުން މަނާކުރުން
  • ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އެ ވޯޓު ކަރުދާސްކޮޅެއް ދެއްކުން މަނާކުރުން
  • ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރު ކުރެހުމާއި، ނިޝާނެއް ޖަހައި، ލިޔެފިނަމަ ވޯޓު ބާތިލުވުން
  • ކެންޑިޑޭޓުގެ ހަ މަންދޫބަކަށް ކޮންމެ ވޯޓު ފޮއްޓަކަށް ފާސްދޫކުރުމާއި، މަދުވެގެން ދެ މަންދޫބަކަށް ވޯޓު ފޮށި ދޮށުގައި އަބަދުވެސް ތިބެވުން
  • ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓު ފޮށިދޮށުގައި ފޯނުގެ ބޭނުން ހިފުމުގެ ހުއްދަ އޮތުން
  • ވޯޓު ގުނާ ވަގުތު އޮބްޒަރވަރުންނާއި، މޮނީޓަރުންގެ އިތުރުން ވޯޓު ހައްގުވާ ޕާޓީގެ އިތުރު މެންބަރުންނަށް  ވޯޓު ގުނާ ތަން ބަލާން ތިބުމުގެ ފުރުސަތު އޮތުން
  • ވޯޓުގެ ނަތީޖާ ޝީޓް ތައްޔާރުކޮށް، ކެންޑިޑޭޓުންގެ މަންދޫބުން އޭގައި ސޮއިކުރުމަށްފަހު، އާންމުކޮށް  ފެންނާން ހުންނާނެހެން މަރުކަޒުގައި ހަރުކޮށްފައި ބެހެއްޓުން
  • ވޯޓުލީ މީހުންގެ ލިސްޓާއި، ވޯޓު ކަރުދާހާއި، ބާކީހުރި ވޯޓު ކަރުދާސް ސިޓީއުރައެއްގައި ބަންދުކޮށް، ސީލުޖަހައި، އެ ސީލުގައި ސޮއިކޮށްފައި އޮތުން
  • ވޯޓުގެ ނަތީޖާ ޝީޓް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ސީލުޖަހައި، އެސީލުގައި ސޮއިކޮށްފައި އޮތުން
  • ވޯޓުލީ މީހުންގެ ލިސްޓާއި، ވޯޓު ކަރުދާހާއި، ބާކީހުރި ވޯޓު ކަރުދާސް ލާފައިވާ ސިޓީއުރަ ކެންޑިޑޭޓޫންގެ މަންދޫބުންގެ ހާޒިރުގައި މެނުވީ ނުކެނޑުން
  • ލިޔުމުންނާއި، އީމެއިލުންނާއި، ފޯނުންނާއި، ގޫގުލް ފޯމު މެދުވެރިކޮށް އިންތިހާބާ ބެހޭ ޝަކުވާ އިންތިހާބުގެ ދުވަހު ހުށަހެޅުމުގެ ފުރުސަތު ފަހިވެފައި އޮތުން
  • ޕާޓީގެ ފަރާތުން ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަތަކުގެ ލިސްޓު މިއަދުގެ ނިޔަލަށް ކެންޑިޑޭޓުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.
  • ވޯޓު ލާން ދާ މީހާގެ އައި.ޑީ ކާޑާމެދު ޝައްކުވެއްޖެ ހާލަތެއްގައި އޮބްޒާވަރުންނަށް އައި.ޑީ.ކާޑު ދެއްކުން.
  • ވޯޓު ލަމުންދާއިރު ކޮންމެ 50 ވޯޓަކުން އެވަގުތެއްގައި ވޯޓުލީ މީހުންގެ ޢަދަދު ވޯޓުލާ މަރުކަޒުގައި  އިއުލާނުކުރުން.
  • ކޮންމެ ވޯޓު ފޮއްޓަކަށް ފޮނުވާ ވޯޓު ކަރުދާހުގެ އަދަދު އިއުލާނުކުރުން.

ކެމްޕެއިނު ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި އެ ޓީމުން އެދުނު ކަންކަމުގެ ތެރޭގައި ހިމެނޭ ފުރަތަމަ އަށް ކަމަކީ އިލެކްޝަންސް ކޮމިޝަނުން ވެސް އަމަލު ކުރަމުންދާ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ސްޓޭންޑާޑް އުސޫލެވެ.

"މިއީ ވޯޓު ކަރުދާސް ދޫކުރުމުގައި ވަނަވަރު ކަށަވަރު ކުރުމަށާއި، ވޯޓު ގަނެވިއްކުމުގެ އުކުޅުތަކަށް ފުރުސަތު ނުދިނުމަށް ހިފަހައްޓައި ހަރުދަނާ ހަމަތަކެކެވެ." ފައްޔާޒަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވެ އެވެ.

ނަޝީދު ފަޅިން މީގެ ކުރިން ވެސް ވަނީ އިންތިހާބާ މެދު ސުވާލު އުފެދޭ ބައެއް ކަންކަން ހުރި ކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox