ޕީޕީއެމްއާއި އެމްޑީޕީގެ ސިޔާސަތުތައް ދާދި އެއްގޮތް: ނަޝީދު

ނަޝީދު ވިދާޅުވީ ޕީޕީއެމްއާ އެއްގޮތް ކަންކަން ހުރި ނަމަވެސް ކޯލިޝަނުގެ ޕާޓީތަކާ އެމްޑީޕީ ވަރަށް ތަފާތުކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ނަޝީދު ވިދާޅުވީ ޕީޕީއެމްއާ އެއްގޮތް ކަންކަން ހުރި ނަމަވެސް ކޯލިޝަނުގެ ޕާޓީތަކާ އެމްޑީޕީ ވަރަށް ތަފާތުކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސަރުކާރު ހިންގާ އެމްޑީޕީ އާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ސިޔާސަތުތައް ދާދި އެއްގޮތް ކަމަށްް އެމްޑީޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ އާއި ޕީޕީއެމްގެ މެނިފެސްޓޯ ކިޔާލުމުން ފެންނަނީ ދެ ޕާޓީއިން ގެންގުޅޭ ސިޔާސަތުތަކުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ. ނަމަވެސް ދެ ޕާޓީން ގައުމިއްޔަތާމެދު ވިސްނާ ގޮތް ތަފާތު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ސެންޓަރރައިޓް ޕާޓީއެއް ގޮތުގަ އަބަދުވެސް ފާހަގަވާ ޕާޓީއެއް، މާކެޓް އޮރިއެންޓެޑް ޕާޓީއެއް. އަޅުގަނޑު ޕީޕީއެމްގެ މެނިފެސްޓޯ ކިޔައިފިއްޔާ އަޅުގަނޑަކަށް ހިއެއް ނުވޭ އައިޑިއޮލޮޖިކަލް ބޮޑު ތަފާތެއް ވާހެނެއް،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ، އެމްޑީޕީ އާއި ޕީޕީއެމްއާ މާބޮޑު ތަފާތުތަކެއް ނެތް ނަމަވެސް ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ އެހެން ޕާޓީތަކާއި އެމްޑީޕީއާ ވަރަށް ބޮޑު ފަރަގެއް އެބަ އޮތް ކަމަށެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ބޭނުންކުރާ އެންމެ ބޮޑު ބާރުކަމުގައިވާ އިއްތިހާދަށްވުރެ ޔާމީން އަދި ޕީޕީއެމް ވެސް ރަނގަޅު ކަމަށް ނަޝީދު އަންނަނީ ވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީނަކީ މިހާރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ މާ ގާބިލް ބޭފުޅެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ޖެނުއަރީ 28، ގައި ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ނަޝީދާއެކު ވާދަކުރައްވާނީ މިހާރު ވެރިކަމުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހް ގެންދަވަނީ ކޯލިޝަނަކާ ނުލާ އެކަނި ވެރިކަމަށް އައުމަކީ މީގެ ކުރިން ވެސް ކުރެވިފައި ނުވާ ކަމެއް ކަމަށް ބުނެ އެމަނިކުފާނު ނިކުންނަވާނީ ކޯލިޝަނާއި އެކު ކަަމަށް ތަކުރާރުކޮށް އިއުލާނު ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox